ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކިއުރީޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

01 ޖެނުއަރީ 2020 އިން 31 ޑިސެމްބަރ 2020 އަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ IUL)GS24/2019/56)   ޢިޢުލާނާއި ގުޅިގެން ބިލަން ހުށައެޅުމަށް ރަޖިސްޓްރީ ވެފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ އެ އިޢުލާން ބާތިލުކުރުމަށްފަހު އަލުން ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 19 އިން 2019 ޑިސެމްބަރ 25 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 14:00 އަށް މިސްކޫލުގެ އިދާރާ އަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 26 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 2019ޑިސެމްބަރ 26 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. 

ދ. އަތޮޅު ތަޢުލީމީ މަރުކަޒު

ދ. ކުޑަހުވަދޫ، ދިވެހިރާއްޖެ

ފޯން: 7952914

އީ-މެއިލް: [email protected]

18 ޑިސެންބަރު 2019
ހޯދާ