ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަަރަކު ހޯދުމަށް

`

ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ

        ހއ.ވަށަފަރު / ދިވެހިރާއްޖެ                           

  

(IUL)250-cb/250/2019/37 ނަންބަރު

 އިޢުލާނު

މިއިދާރާއިން ދޫކުރާ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިހާނު ކުރާނެ ފަރާތެއް ބޭނުންވެއެވެ. އިމްތިޙާނު އޮންނާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ.

ޝަރުޠު:

- ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން އަދި ޖިނާއީ ކުށެއްކޮއްފައިވާ މީހަކު ކަމުގައި ނުވުން.

-  ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 2 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ދާއިމީ ލައިސަންސް އޮތުން.

-  ޢުމުރުން 55 އަހަރު ނުވުމާއެކު ރަނގަޅު ޞިއްޙަތެއްގައި ހުރުން.

-  ޑްރައިވިންގ ސްކޫލަކާ އެއްވެސް ގުޅުމެއް އޮތް ފަރާތެއްކަމުގައި ނުވުން.

-   ޕޮލިސް ރިޕޯޓް ހުށަހެޅުން. 

އުޖޫރަ:

- A, A1 ގިންތީގެ އުޅަނދެއް އިމްތިޙާނު ކުރާނަމަ -/15 ރުފިޔާ

- އެހެނިހެން ގިންތީގެ އުޅަނދެއް އިމްތިޙާނު ކުރާނަމަ -/25 ރުފިޔާ

ވީމާ، މިކަމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 2019 ޑިސެމްބަރ 29 ވަނަދުވަހުގެ ރަސްމީގަޑި ނިމުމުގެކުރިން ވަނަވަރާއެކު ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500039 އަށެވެ. އީ-މެއިލް ކުރާނީ [email protected] ނުވަތަ [email protected]  އަށެވެ.

 

 

18 ޑިސެންބަރު 2019
ހޯދާ