މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކްގެ އެއަރ ކަންޑިޝަންތައް މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު އިއުލާނާއިއެކު އާންމުކުރި މައުލޫމާތުކަރުދާހަށް އިޞްލާޙު ގެނައުން.

އިޢުލާން

މޯލްޑިވްސް ޕޮލިޓެކްނިކްގެ އެއަރ ކަންޑިޝަންތައް މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު އިއުލާނާއިއެކު އާންމުކުރި މައުލޫމާތުކަރުދާހަށް އިޞްލާޙު ގެނައުން.

މޯލްޑިވްސް ޕޮލިޓެކްނިކްގެ އެއަރ ކަންޑިޝަންތައް މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު އިއުލާނު ނަމްބަރު                (IUL)213-PR/1/2019/102 އާއިއެކު އާންމުކުރި މައުލޫމާތު ކަރުދާހަށް އަންނަނިވި އިޞްލާޙުތައް ވަނީ ގެނެވިފައެވެ.

 

2.2.1        މޯލްޑިވްސް ޕޮލިޓެކްނިކްއާއި މަސައްކަތާ ހަވާލުވާ ފަރާތާއެކު ހެދޭ ޝެޑިއުލްއެއްގެ ދަށުން މޯލްޑިވްސް ޕޮލިޓެކްނިކްގެ އޭސީތައް ސަރވިސްކޮށް މަރާމާތުކޮށްދޭންވާނެއެވެ. މި ޝެޑިއުލްގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ މާލޭ ކެމްޕަސްގައި ހުރި 73 އެއަރކަންޑިޝަނަރ (6 ސީލިންގ އެއަރކަންޑިޝަނަރ ހިމެނޭގޮތަށް) އެއްއަހަރުދުވަހުގެ ތެރޭގައި 9 ފަހަރު ޖެނެރަލް ސަރވިސްކޮށްދިނުމާއި، އަހަރަކު 3 ފަހަރު ހުރިހާ އެއަރކޮންޑިޝަންސް ފުލް ސަރވިސް ކޮށްދިނުން ހިމެނޭނެއެވެ.

 

 

2.3      ކުރަންޖެހޭ މަސައްކަތުގެ އަގު ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކުން ފޯރުކޮށްދޭ އެއަރކޮންޑިޝަނަރތަކުގެ ލިސްޓުގައިވާ ކޮންމެ އެއަރކޮންޑިޝަންއަކަށް ޖެނެރަލް ސަރވިސް ކޮށްދިނުމުގެ އަގު، އަދި ފުލް ސަރވިސް ކުރުމުގެ އަގު ވަކިން އެނގޭނެގޮތަށެވެ. މަސައްކަތުގެ ޖުމްލަ އަގުގެ ގޮތުގައި ބީލަން ހުށަހަޅާ ފޯމުގައި ޖަހަންވާނީ އެއަރކޮންޑިޝަންތަކުގެ ލިސްޓުގައިވާ ކޮންމެ އޭސީއަކަށް ޖެނެރަލް ސަރވިސް ކުރުމަށް ހުށަހަޅާފައިވާ އަގު 9 އާއި ގުނަކުރުމުން އަންނަ އަދަދާއި، އެލިސްޓުގައިވާ ކޮންމެ އޭސީއަކަށް ފުލް ސަރވިސް ކުރުމަށް ހުށަހަޅާފައިވާ އަގު 3 އާއި ގުނަކުރުމުން އަންނަ އަދަދުގެ ޖުމްލައެވެ.

 

ވީމާ މިކަން އާންމުކޮށް އެންގުމަށްތަކައި އިޢުލާން ކުރަމެވެ. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 24 ޑިސެމްބަރ 2019 ވާ  އަންގާރަ ދުވަހުގެ 14:00 ގެ ކުރިން  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.  ނުވަތަ 3305414 އާއި ގުޅުއްވުން އެދެމެވެ.

 

21 ރަބީޢުލްއާޚިރް 1441

18 ޑިސެމްބަރ    2019

18 ޑިސެންބަރު 2019
ހޯދާ