ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ކެންޓީން ހިންގައިދޭނެ ފަރާތެއް ހޯދުން

މި ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ބޭނުންކުރާ ކެންޓީން ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: JS-B/2019/68 އިޢުލާނާއިގުޅިގެން އެސްޓިމޭޓް ހުށަހެޅުމަށް ޙާޟިރުވެފައިވަނީ އެންމެ 02 ފަރާތުންނެވެ. އެހެންކަމުން އެ އިޢުލާނު ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މި ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ބޭނުންކުރާ ކެންޓީން ހިންގައި ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޑިސެމްބަރު 2019 ވާ އާދީއްތަ ދުވަހު 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޒިރުނުވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

18 ޑިސެންބަރު 2019
ހޯދާ