މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖެޓީ ސަރަހައްދުގައި ވެއިޓިންގް އޭރިއާއެއް ހެދުން

ޖެޓީ ސަރަހައްދުގައި ވެއިޓިންގް އޭރިއާއެއް ހެދުން

         މިރަށު އިރުމަތި ފަރާތު ސަރަހައްދުގައި ވެއިޓިންގް އޭރިއާ އެއްހެދުމަށްޓަކައި މިއިދާރާއިން ތަކެތި ދިނުމުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

         މައުލޫމާތު ސާފުކުރުން އޮންނާނީ 23 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި ފޮއްދޫ ކައުންސިލްގެ އިދާރާގައެވެ. އަދި އަގު ހުށައަޅުއްވާނީ 31 ޑިސެމްބަރ 2019 ވާ އަންގާރަދުވަހުގެ 13:00 މިއިދާރާއަށެވެ.

         މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ. އަދި ދެވިފައިވާ މައުލޫމާތާއި އެއްގޮތް މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ވެސް އަގު އިވޭލުއޭޓް ކުރުމުގައި ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

         މިމަސައްކަތް ކުރުމަށް ބިޑް ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރ 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

           ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.

16 ޑިސެންބަރު 2019
ހޯދާ