މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1 އަހަރު ދުވަހަށް ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މާލޭ ސިޓީ ކައުންސިލުގެ ދަށުން ބަލަހައްޓަމުންދާ ލޮނުޒިޔާރަތްކޮޅު ޕާރކް އާއި މަސްވެރިންގެ ޕާރކްގެ ސެކިއުރިޓީ 1 އަހަރު ދުވަހަށް  ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، ބިޑް ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލް އިދާރާގެ މާފަންނު އޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

 

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

24 ޑިސެންބަރު 2019

11:00

މާލޭ ސިޓީ ކައުންސިލްގެ އިދާރާ/ މާފަންނުއޮފީސް / ކަނބާއައިސާރަނި ހިނގުން

ބިޑް ހުށަހެޅުން

26 ޑިސެންބަރު 2019

11:00

މާލޭ ސިޓީ ކައުންސިލްގެ އިދާރާ/ މާފަންނުއޮފީސް / ކަނބާއައިސާރަނި ހިނގުން

 

          މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު 3323901 އަށް ގުޅުއްވުން އެދެމެވެ.

 

20 ރަބީޢުލްއާޙިރު 1441

17 ޑިސެންބަރު 2019

17 ޑިސެންބަރު 2019
ހޯދާ