މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ވެލްޑަރ
ބޭނުންވާ އަދަދު :6

މުސާރަ:

މަހަކު -/5500 ރުފިޔާ

އެހެނިހެން އިނާޔަތްތައް:

- 4،000ރ - 7،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- މަރާމާތުކުރުމަށް ބޭނުންވާ އުޅަނދުފަހަރުތަކުގައި ކުރަންޖެހޭ ވެލްޑިންގ އަދި މެޓަލް ވާރކްސް މަސައްކަތްތައް ކުރުން.

- ވެލްޑް އަދި މެޓަލް ވާރކްސް މަސައްކަތުގައި ބޭނުންކުރާ މެޝިނަރީސް އަދި އިކްއިޕްމަންޓްސް ރައްކާތެރިގޮތެއްގައި ބޭނުންކޮށް އެތަކެތި ބެލެހެއްޓުން.

- މަސައްކަތް ކުރުމުގައި ޤަވާއިދަށާއި، މީހުންނާއި، ތަކެތި އަދި ތަނުގެ ރައްކާތެރިކަމަށް ބަލައިގެން މަޤާމްގެ ވާޖިބުތަކާއި ގުޅޭގޮތުން ޑިޕާޓްމަންޓްއިން އަންގާ އެހެނިހެން މަސައްކަތްކުރުން.

މަސައްކަތްކުރަންޖެހޭ ތަން:

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް / ތިލަފުށި ބޯޓް ޔާރޑް

މަސައްކަތްކުރަންޖެހޭ ވަގުތު:

ދުވާލަކު 08 ގަޑިއިރު

ސުންގަޑި:

2019 ޑިސެންބަރު 26 ވާ ބުރާސްފަތި ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ   ލިޔެކިޔުންތައް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

 

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ތެރޭ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މަޤާމް :ލޭބަރަރ
ބޭނުންވާ އަދަދު :6

މުސާރަ:

މަހަކު -/3,840 ރުފިޔާ

އެހެނިހެން އިނާޔަތްތައް:

4،000ރ– 7،000ރ  އާއި ދެމެދުގެ އަދަދެއް ލިބޭނެ.

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 08 ފުރިހަމަކޮށްފައިވުން.

- އުމުރުން 35 އަހަރަށްވުރެ މަތީ މީހަކަށް ނުވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ވެލްޑަރުންގެ މަސައްކަތްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

- ތިލަފުށީ ބޯޓް ޔާރޑް ސާފުކޮށް ބެލެހެއްޓުމުގައި ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.

- އުޅަނދުފަހަރު އެހެލާ ބޭލުމުގެ މަސައްކަތުގައި ސްޕަވައިޒަރުގެ އިރުޝާދު ދަށުން މަސައްކަތްކުރުން އަދި މޫދަށް ފައިބައިގެން މަސައްކަތްކުރަންޖެހިއްޖެ ހާލަތެއްގައި އެކަންކުރުން.

- އުޅަނދުފަހަރު މަރާމާތުކުރުމުގެ މަސައްކަތުގައި ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ދަބަރު ތެޅުމާއި، ބްލާސްޓްކޮށް، ދަވާދުލުމުގެ މަސައްކަތުގައި އެހީތެރިވުން.

- މަސައްކަތުގެ މާހައުލަކީ އެންމެ ރައްކާތެރި ގޮތެއްގައި މަސައްކަތްކުރެވޭ ތަނަކަށް ހެދުމަށް އެއްބާރުލުންދީ އެފަދަ ކަންތައް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިވުން.

މަސައްކަތްކުރަންޖެހޭ ތަން:

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް / ތިލަފުށި ބޯޓް ޔާރޑް

މަސައްކަތްކުރަންޖެހޭ ވަގުތު:

ދުވާލަކު 08 ގަޑިއިރު

ސުންގަޑި:

2019 ޑިސެންބަރު 26 ވާ ބުރާސްފަތި ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ   ލިޔެކިޔުންތައް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

 

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ތެރޭ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

17 ޑިސެންބަރު 2019
ހޯދާ