މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު މަސައްކަތު ވަޒީފާއަށް މީހުން ބޭނުންވެއްޖެ

މަޤާމް :

މަސައްކަތު

މަޤާމުގެ ނަންބަރ :

J-317302,J-317303,J-317304,J-317305,J-317306

ބޭނުންވާ ޢަދަދު :

 5   ( ފަހެއް )    

މަޤާމުގެ ގިންތި :

ދާއިމީ

މަޤާމުގެ ރޭންކު :

އެސް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން :

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން :

މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ އިން އަންގާ ރަށުގައި ހުރި މިސްކިތްތަކުގައި

މުސާރަ :

3100.00 ރުފިޔާ ( ތިންހާސް އެއްސަތޭކަ ރުފިޔާ )

ސަރވިސް އެލަވަންސް :

1000.00 ރުފިޔާ ( އެއްހާސް ރުފިޔާ )

އެހެނިހެން އެލަވަންސް :

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަސްތަކުގައި މަސައްކަތްކުރާތީ މުސާރައިގެ އިތުރުން ދޭ އެލަވަންސް
  5. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރަމަޟާން މަހުގެ މުނާސަބަތުގައި ދެވޭ އެލަވަންސް އާއި  ރޯދަ ވީއްލުމުގެ އެލަވަންސް
  6. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު ލިބިލައްވާ 1200.00 ރުފިޔާ ( ބާރަސަތޭކަ ރުފިޔާ )

މަޤާމުގެ މައިގަނޑު މައްސޫލިއްޔަތުތަކާއި ވާޖިބުތައް

  1. މިސްކިތުގެ ހުރިހާ ސިޑިތަކާއި ،ޓައިލްސްތަކާއި މާބުލްތައް އަދި ހުރިހާ ވޯކްވޭ ( ވުޟޫކޮށްގެން ހިނގާފަ އަންނަން ހަދާފައިވާ މަގު ) ގެ ޓައިލްސްތައް ސާފުކުރުން
  2. މިސްކިތުގެ ހުރިހާ ދޮރުތަކާއި ، ދޮރުފަތްތަކާއި ފެންލައިޓްތަށް އަދި  ހުރިހާ ބިއްލޫރިތަށް ސާފުކުރުން
  3. މިސްކިތުގެ ހުރިހާ ފާޚާނާތަށް ފާޚާނާގެ ދޮރުތަކާއި ބިއްލޫރިތައް ހިމެނޭގޮތަށް ސާފުކުރުން
  4. ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވުމާއި ލެއްޕުން
  5. ވުޟޫކުރާ އިސްކުރުބަރި އެކުލެވޭ ސަރަހައްދާ އިސްކުރުބަރީގެ ކާނުތައް ސާފުކުރުން
  6. މިސްކިތުގެ ގޯތިތެރޭގައި ކުނިކަހާ ސާފުކުރަންޖެހޭ މިސްކިތު ގޯތީގެ އޭރިޔާކަމަށް ހިމަނާފައިވާ ހުރިހާ ތަނެއް ސާފުކުރުން
  7. ކަނޑައަޅާފައިވާ އުޞޫލުގެ ތެރެއިން މިސްކިތުގެ ލައިޓުތައް ނިވުމާއި ޖެއްސުން
  8. މިސްކިތު ގޯތިތެރޭގައި ހައްދާ ބަގީޗާ ފެންދީ ބެލެހެއްޓުން / ހިޔާ ބޮޑެތި ގަސްތަށް އިންދާ ހެއްދުން
  9. މިސްކިތު ހުރިހާ ފަންކާތަކާއި ލައިޓުތަކާއި، އިމާރާތުގެ މަކުނުވާ އާއި ހުރިހާ ފާރުތަކެއްގެ އެތެރާ ބޭރު އަދި ސީލިނގްއާއި މިސްކިތުގެ ހުރިހާ ތަނބުތަކަކާއި ޚަތިމްތަށް ބަހައްޓާފައި ހުންނަ ހުރިހާ ކަބަޑުތަކާއި ، ޚަތިމްތަކާއި ހުރިހާ މައިކް ސްޓޭންޑް ތަށް އަދި މިންބަރު ފޮހެ ސާފުކުރުން
  10. ހުކުރު ދުވަހު ހުކުރު ނަމާދަށް މިސްކިތް ތައްޔާރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތަށް ކުރުން
  11. މިސްކިތުން ނެގޭ ކުނިތަށް ރަށުގައި ކުނި އުކާލުމަށް ހަމަޖައްސާފައިވާ ތަނަށް އުކާލުން .
  12. މިސްކިތާއި ، މިސްކިތް ގޯތިތެރޭގައި ހުންނަ ޢިމާރާތްތަކުގެ ފުރާޅުތަކާއި ދިޔަދޮވި ވަރަށް ރަނގަޅަށް ސާފުކުރުން.
  13. ހޮޅިބުރި ލައިޓް ފަދަ އެއްޗެއް ނުދިލޭނަމަ އެކަން ކައުންސިލް އިދާރާއަށް އެންގުން އަދި ހޮޅިބުރި ލައިޓް ފަދަ ތަކެތި ދިނުމުން ބަދަލުކޮށް ދިއްލޭތޯ ބަލަންވާނެއެވެ.
  14. މިސްކިތުގެ އެއްޗަކަށް ގެއްލުން ވުން، ނުވަތަ ގެއްލުން ލިބުމުން ކައުންސިލް އިދާރާއަށް އެކަން އެންގުން
  15. މިސްކިތުގައި ހުންނަ ވަޅު ހަޑިވިޔަ ނުދީ ސާފުކޮށް ވަޅުދިޔަ ހިއްކާ ބަލަހައްޓަންވާނެއެވެ.

މަގާމުގެ ޝަރުޠުތައް :

1-      ލިޔަން ކިޔަން އެނގުން ( ލިޔަން ކިޔަން އެނގޭކަމަށް ދެނެގަންނާނީ ، ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާއި ބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަކަށް ބަލައިގެންނެވެ. )

ހުށަހަޅަންޖެހޭ ލިޔުންތައް :

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު http://www.csc.gov.mv އިންނާއި މ.މަޑުއްވަރީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢްތިރާޒެއް ނެތްކަމަށް  ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ،

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ ރާއްޖެއިންބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެ ކަމަށް މޯލްޑިވުސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކަށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ، ދައުލަތުގެ މުއައްސަސާއެއްގައި ، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔަ / ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ، އަދާކޮށްފައިވާ ވަޒީފާ ، އަދި ވަޒީފާގެ މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް  އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

 

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ވަޒީފާގެ ދާއިރާގެ ޓެކްނިކަލް އަދި ޕްރޮފެޝަނަލް މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު ( 20 ޕޮއިންޓް )
  • މަސައްކަތު ދާއިރާގެ ފަންނީ ގާބިލުކަން ( 20 ޕޮއިންޓް )
  • މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުން ( 10 ޕޮއިންޓް )
  • ގާނޫނާއި ގަވައިދުތަކަށް އަދި ކޯޑު އޮފް ކޮންޑަކްޓަށް އަހުލުވެރިވުން ( 10 ޕޮއިންޓް )
  • ޖިސްމާނީ ، ނަފްސާނީ އަދި ފަންނީ ގާބިލުކަން ( 40 ޕޮއިންޓް )

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

އުމުރުން 55 އަހަރު ފުރިފައިނުވާ ފަރާތްތަކުން މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ  2019 ޑިސެމްބަރ 29 އާއި، 2019 ޑިސެމްބަރ 31 އާ ދެމެދު މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ ގައެވެ. އަދި މި ތާރީޚަށް އިތުރު ބަދަލެއް އަންނަނަމަ ، ވަޒީފާއަށް ކުރިމަތިލައްވާ އިންޓަރވިއު އަށް ސޯޓްލިސްޓްކުރެވޭ އެންމެހާ ފަރާތްތަކަށް އިންޓަވިއު ބޭއްވޭ ތާރީޚުގެ 24 ގަޑިއިރުކުރިން އަންގާނެވާހަކަ ދަންނަވަމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ފޯމް ) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ފޯމް ) އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި މި އިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާ އެއް އޮތްނަމަ A2 ފޯމް އާންމު ކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާ އެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6720039 ފޯނަށެވެ. އީ.މެއިލް ކުރާނީ [email protected] އަށެވެ.

16 ޑިސެމްބަރު 2019

16 ޑިސެންބަރު 2019
ހޯދާ