ދިވެހިރާއްޖެ
ޅ.ނައިފަރު މަލްޓިޕާޕަސް ބިލްޑިންގްގައި ހަދާފައިވާ ފިހާރަބައި ކުއްޔަށް ދޫކުރުމަށް އިއުލާން ކުރަމެވެ. މި އިމާރާތް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ.
މަޢުލޫމާތު ފޯމް ވިއްކުން 17 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 10:00 އިން ފެށިގެން 23 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް ނައިފަރު ކައުންސިލްގެ އިދާރާއިން ބިޑް ފޯމް ގަންނަން ލިބޭނެއެވެ. ބިޑް ފޯމެއް ވިއްކާ އަގަކީ 50.00 ރުފިޔާއެވެ. |
މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިންގް މި ބިޑާއި ގުޅިގެން ޕްރީ ބިޑް މީޓިންގއެއް ނޯންނާނެއެވެ. މައުލޫމާތު ކަރުދާހަށް އެއްވެސް ބަދަލެއް އަންނަނަމަ، އެ ބަދަލް ނައިފަރު ކައުންސިލްގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖްގައި ހިއްސާކުރެވޭނެއެވެ. |
ބިޑް އޯޕަން މީޓިންގް މިބިޑާއި ގުޅިގެން ބޭއްވޭ ބިޑް އޯޕެން މީޓިންގ އޮންނާނީ 31 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 11:00 ގައި ނައިފަރު ކައުންސިލް އިދާރާގައެވެ. ބިޑް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގައި ނައިފަރު ކައުންސިލްއަށް އެޑްރެސްކޮށް "މަލްޓިޕާޕަސް ބިލްޑިންގގައިވާ ފިހާރަބައި ކުއްޔަށްހިފުމަށްއެދި" ލިޔެވިފައި އޮންނަންވާނެއެވެ. |
އިތުރު މަޢުލޫމާތު ބިޑްގަތުމަށް އަދި ހުށަހެޅުމަށް ޙާޟިރުވުމަށް ޢުޒުރުވެރިވާ ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުވައިގެން ބިޑް ގަނެވޭނެއެވެ. ބިޑް ހުށަހެޅޭނީ ބިޑްގަނެފައިވާ މީހާގެ/ފަރާތުގެ ނަމުގައެވެ. |