ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އިންފޮމޭޝަން ޓެކްނޯލޮޖީ މެނޭޖަރ

އިޢުލާނު

މަޤާމް:

އިންފޮމޭޝަން ޓެކްނޯލޮޖީ މެނޭޖަރ

މަޤާމުގެ ނަންބަރު:

J-319942

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ސީ.އެސް 11-2

މަޤާމުގެ ކްލެސިފިކޭޝަން:

އިންފޮމޭޝަން ޓެކްނޯލޮޖީ ސަރވިސް ޑިރެކްޓަރސް އެންޑް މެނޭޖަރސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ / ކ.މާލެ

މުސާރަ:

 -/12,140

ސަރވިސް އެލަވަންސް:

 -/2,500

އެހެނިހެން އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވަންސް – އަސާސީ މުސާރައިގެ %35

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- މަޢުލޫމާތު ފޯރުކޯށްދިނުމާއި ބަދަލުކުރުމާއި ލިބިގަތުމަށް ހުރި ދަތިތައް ނައްތާލުމަށް އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީގެ ވަޞީލަތްތައް މުޖުތަމަޢުގައި ބޭނުންކުރާ މިންވަރު އިތުރުކޮށް، އިޖުތިމާޢީ އިގުތިޞާދީ،ތަޢްލީމީ، އަދި އެހެނިހެން ކަންކަމުގައި އައި.ސީ.ޓީގެ ވަޞީލަތްތައް ބޭނުންކުރާމިންވަރު އިތުރުކޮށް، އައި.ސީ.ޓިގެ އެހީގައި އުފެންދުންތެރިކަންއިތުރުކޮށް އިގުތިޞާދު ތަރައްޤީކޮށް ކުރިއެރުވުމަށް އިންފޮމޭޝަން ސޮސައިޓިއެއް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގާ ބެހެހެއްޓުން

2- އިންފޮމޭޝަން ކޮމިއުނީކޭޝަން ވަޞީލަތްތައް ބޭނުންކޮށްގެން ދިއުރިއުޅު ބޭނުންތައް ފުއްދުމުގެ ޤާބިލުކަން ލިބިފައިވާ ރައްޔިތުންތަކެއް ބިނާކުރުމަށާއި، އެހެން ގައުމުތަކުގައި ޑިޖިޓަލް ޑިވައިޑް ކުޑަ ކުރުމަށް ގެންގުޅޭ ބެސްޓް ޕްރެކްޓިސް ދިރާސާކޮށް، ރާއްޖޭގެ މުޖުތަމައު އެ ހަރުފަތްތަކަށް ވާޞިލްވުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް، އާންމު ދިރިއުޅުމުގައި އައި.ސީ.ޓީ ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރުކޮށް އޭގެ މަންފާ އެންމެ ހެޔޮގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އައި.ސީ.ޓީ ވަޞީލަތްތައް ތައްޔާރުކޮށް ބޭނުންކުރުމަށް އެހީތެރިކަން ފޯރުކޮށްދީ ބޭނުކުރުމަށް މަގުފަހިކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން

3- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާކޮށް، ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް އިތުކުރުމަށް އައި.ޓީ ސިނާޢަތެއް ޤާއިމުކޮށް، އައި.ޓީ. އިންކިއުބޭޓަރ ހިންގާ އަދި އައި.ޓީ ޕާރކެއް ގާއިމުކޮށް މިދާއިރާއިން ހަރަކާތްތެރިވާ ކުންފުނިތަކާއި ޕްރޮޑަކްޓްތައް އިތުރުކުރުކޮށް އުފައްދާ ސޮފްޓްވެއަރތަކާއި ޕްރޮޑަކްތައް ޕްރޮމޯޓްކޮށް އެކްސްޕޯޓްކުރުމަށް މަގުފަހިކޮށްދީ ،ބައިނަލް އަޤްވާމީ އަދި ގައުމީ ފެންވަރުގައި ލިބެންހުރި ފުރުޞަތުތައް ތަނަވަސްކޮށް ދިނުމަށް ކުރަންޖެހޭ އެންމެހޭ މަސައްކަތްތައް ކުރުން

4- ދައުލަތުގެ އިދާރާތަކަށް ދޫކުރަންޖެހޭ ސޮފްޓްވެއަރ ލައިސަންސްތައް އިދާރާއިން ކަނޑައަޅާ އުސޫލަކުން ދޫކުރުމާއި ކުރަންޖެހޭ އެންމެހާ ކަންތައްތައް ރާވާ ހިންގުމާއި، ކޮންމެ އަހަރަކު އެއް ފަހަރު ބަޖެޓް ތައްޔާރު ކުރުމަށް ބޭނުންވާ، ސޮފްޓްވެއަރ ލައިސަންސްތަކުގެ އަދަދު ހޯދުމަށްޓަކައި ސޮފްޓްވެއަރ ލައިސަންސިންގ ނީޑްސް އެނޭލިސިސް ހެދުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ރާވާ ހިންގުން

5- ބަލަހައްޓަމުންދާ ދާއިރާގެ ސަރވިސް ލެވެލްތައް ކަނޑައަޅާ، އިތުރަށް ރަނގަޅުކުރެވޭނޭގޮތްތައް ބަލައި އޮފީހުގެ އިސްވެރިންގެ މަޝްވަރާއާއިއެކު އެކަންކަން އިންޕްލިމެންޓްކޮށް ދެމެހެއްޓުން. އަދި ކަނޑައަޅާ ސަރވިސް ލެވަލްއާއި އެއްގޮތަށް މަސައްކަތްތައް ބައްޓަންކޮށް ހާސިލްކުރުމާއިއެކު މޮނިޓަރިންގ ރިޕޯޓުތައް ތައްޔާރުކުރުން

6- އެދާއިރާއަށް އޮފީހުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުވާގޮތަށް މަސައްކަތްތައް ރާވާ، މުވައްޒަފުންނާއި މަސައްކަތްތައް ހަވާލުކޮށް، ދުރާލާއަޅަންޖެހޭ ފިޔަވަޅުތަކެއްވާނަމަ އެފިޔަވަޅެއް އަޅައި، މުވައްޒަފުންނާއި އެކު އެލަނޑުދަނޑިތައް ހާސިލުކުރުން. އަދި މަސައްކަތްތައް ކުރިއަށްދާ ގޮތާއި މިންވަރު އޮފީހުގެ އިސްވެރިންނަށް ރިޕޯޓުކުރެވޭނޭގޮތަށް ބެލެހެއްޓުން

7- އޮފީހުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް، އޮފީހުން ކަނޑައަޅާފައިވާ ކުއަލިޓީމެނުއަލްތަކާއި، ޕްރޮސީޖަރތައް އަދި ޗެކްލިސްޓްތަކާއި އެއްގޮތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުން

8- މިދާއިރާއާއި ގުޅޭގޮތުން، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ބައިނަލްއަގްވާމީ މިންގަނޑުތަކާއި ޤައުމީ މިންގަނޑުތަކާއި ބެސްޓް ޕްރެކްޓިސް ތަކުގެ މައްޗަށް ބިނާކޮށް ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން

9-        މެންޑޭޓްގައިވާ އެހެނިހެން މަސައްކަތްތައް ހާސިލް ކުރުމަށް އެން.ސީ.އައި.ޓީގެ މުވައްޒަފުންނާއިއެކު މަސައްކަތްކުރުން

މަޤާމުގެ ޝަރުތުތައް:

ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއައްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތާއި ސީދާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ނުވަތަ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ އާއި ހިންގުމުގެ ދާއިރާގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ

 

ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއައްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާއި ސީދާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ އާއި ހިންގުމުގެ ދާއިރާގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ނުވަތަ މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ ތަޖުރިބާ އާއި ހިންގުމުގެ ދާއިރާގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ވަޒީފާގެ ދާއިރާ

  • އިންފޮމޭޝަން ޓެކްނޯލޮޖީ

 

ތައުލީމީ ރޮނގުތައް

  • ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސައެންސް
  • އިންފޮމޭޝަން ރިސޯސަސް މެނޭޖްމަންޓް
  • މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް
  • ސިސްޓަމް އެޑްމިނިސްޓްރޭޝަން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނީ ތިރީގައި މިދަންނަވާ ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ގާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ. ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނީ ސިވިލް ސަރވިސް ކޮމިޝަނުން ފާސްކޮށްފައިވާ، އިންފޮމޭޝަން ޓެކްނޮލޮޖީގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ "ރިކްރޫޓްމަންޓް ޓޫލްކިޓް" ގައިވާ "އިންފޮމޭޝަން ޓެކްނޮލޮޖީ ޑައިރެކްޓަރސް، މެނޭޖަރސް، އެންޑް ސީނިއަރ އޮފިޝަލްސް" ގައިވާ ގޮތުމުގެ މަތިންނެވެ.

މިގޮތުން:

 

  • ތައުލީމީ ފެންވަރު  % 30
  • ޕްރޮފެޝަނަލް ތަމްރީނު  % 10
  • މަސައްކަތު ތަޖުރިބާ % 30
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ގާބިލުކަމާއި ސިފަތައް % 30

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން  އޮންނާނީ، 29 ޑިސެމްބަރ 2019 އާއި 09 ޖެނުއަރީ 2020 އާ ދެމެދު، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2  ފޯމް)" އާންމުކޮށް ފެންނާނެހެން މިއިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3344000 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

19 ރަބީއުލްއާޚިރު 1441

16 ޑިސެމްބަރ 2019

16 ޑިސެންބަރު 2019
ހޯދާ