ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މޭކަޕް އާޓިސްޓް

ވަޒީފާގެ ފުރުޞަތު

މަޤާމް

މޭކަޕް އާޓިސްޓް

އަސާސީ މުސާރަ

-/5,000 ރުފިޔާ

ސަރވިސް އެލަވަންސް

-/3,000 ރުފިޔާ

މަޤާމުގެ ރޭންކް

ޓީ.ޕީ9

ބޭނުންވާ ޢަދަދު:

4

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އެޑްމިންގ އެންޑް ކޯޕަރޭޓް އެފެއަރޒް

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

 • މަސައްކަތުގެ ފެންވަރާއި ޙާޟިރީއަށް ބެލުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

 • ސާނަވީ ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިހާނަކުން 2 (ދޭއް) މާއްދާއިން ދަށްވެގެން ޑީ ގްރޭޑް ލިބިފައިވުމާއެކު، 'ސެކްނަޑަރީ ސްކޫލް' އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 2(ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން: ނުވަތަ
 • އެސް.އެސް.ސީ އަދި ސާނަވީ އިމްތިހާނުން 3 (ތިނެއް) މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން: ނުވަތަ
 • މަތީ ސާނަވީ އިމްތިހާނަކުން 3(ތިނެއް) މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ
 • ޕްރޮފެޝަނަލް މަޤާމްތަކަށް ހޮވާ މުވައްޒަފުން އެދާއިރާއިން ލިބިފައިވާ ޚާއްސަ ސެޓްފިކެޓްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

 1. ކުންފުނީގެ މޭކަޕް އާރޓިސްޓްގެ މަސައްކަތްތައް ސްޕަވާއިޒަރު އަންގާ ގޮތަށް، އަދި ޕްރޮޑިއުސަރުން ބޭނުންވާ އެންމެ ރަނގަޅު ފެންވަރެއްގައި ކުރަމުން ގެންދިއުން؛
 2. ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް ޕްރޮގްރާމްތަކުގެ ޕްރެޒެންޓަރުން، ރަނގަޅު ފެންވަރުގައި ފަރުވަތެރިކަމާއެކު މޭކަޕް ކޮށްދިނުން
 3. ޕްރޮގްރާމްތަކުގެ މެހެމާނުންނަށް ބޭނުންވާ މޭކަޕް ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް ރަނގަޅު ފެންވަރުގައި ފަރުވަތެރިކަމާއެކު ކޮށްދިނުން
 4. ހަބަރު ގަޑިތަކުގައި ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ރަނގަޅު ފެންވަރުގައި ފަރުވަތެރިކަމާއެކު ނިއުސް އެންކަރުން މޭކަޕް ކޮށްދިނުން
 5. ކުންފުނީގެ ފަރާތުން ހިންގާ އައުޓް ޑޯރ ޝޫޓިންގތަކުގައި ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ބައިވެރިވެ މޭކަޕް ކޮށް ދިނުން
 6. ކުންފުނީގެ އެކި އެކި ކަންކަމަށް ބޭނުންކުރުމަށްޓަކައި، ކުންފުނީގެ މޭކަޕް ޔުނިޓާ ޙަވާލުކުރެވިފައި އެންމެހާ ތަކެތީގެ އިންވެންޓްރީ އަޕްޑޭޓްކުރަމުން ގެންދިއުން
 7. ކުންފުނީގެ އެކިއެކި ކަންކަމަށް ބޭނުންކުރުމަށްޓަކައި، ކުންފުނީގެ މޭކަޕް ޔުނިޓަށް އެއިރަކަށް އިތުރަށް ބޭނުންވާ ތަކެތި ދެނެގަތުމާއި އެތަކެތި ހޯދުމަށް ރިކްއެސްޓްކުރުން؛
 8. ކުންފުނީގެ އެކި އެކި ކަންކަމަށް ބޭނުންކުރުމަށްޓަކައި، ކުންފުނީގެ މޭކަޕް ޔުނިޓާ ޙަވާލުކުރެވިފައި އެއްވެސް އައިޓަމެއް ގެއްލިއްޖެނަމަ، އެކަމަކާ ގުޅިގެން، ކުންފުނީގެ ކަމާގުޅޭ ސިތާސަތުތަކާއި އުޞޫލުތަކުގެ ދަށުން ކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކުރުން؛
 9. މެކަޕްކުރަން ގެންގުޅޭ ތަކެތި އަދި މޭކަޕް ރޫމް ސާފުކޮށް ބެލެހެއްޓުން
 10. ކަނޑައެޅޭ އުޞޫލަކުން މޭކަޕް ޔުނިޓްގެ ވީކްލީ، މަންތްލީ އަދީ އަހަރީ ރިޕޯރްޓްތައް ތައްޔާރުކޮށް ސްޕަވައިޒަރު އަދި ޑިޕާރޓްމަންޓް ހެޑަށް ހުށައެޅުން
 11. ކަނޑައެޅޭ އުޞޫލަކުން ބޭއްވޭ މީޓިންތަކަށް ހުށައަޅަންޖެހޭ، ޑިޕާޓްމަންޓް ރިޕޯޓް/ ޕްރެޒެންޓޭޝަންތަކަށް ބޭނުންވާ، މޭކަޕް ޔުނިޓްގެ މަޢުލޫމާތު ކަނޑައެޅިފައިވާ ސުންގަޑިއަށް ފޮނުވަމުން ގެންދިއުން؛
 12. ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުން އިންތިޒާމްކުރާ ކަންތައްތަކަށް ކޯޕަރޭޓް ސަރވިސް ޑިޕާޓްމަންޓުން ލިބިދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ލިބިދިނުން؛
 13. ކުންފުނީގެ މުވައްޒަފުން ބައިވެރިވާންޖެހޭނެކަމަށް ވެރިން ކަނޑައަޅާ ކަންކަމުގައި ބައިވެރިވުމާއި އެއްބާރުލުން ދިނުން؛

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން.
 • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
 • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

 • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި، ތަޢުލީމީ އެކްރެޑިޓެޑް ސެޓްފިކެޓްތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.
 • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
 • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
 • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2019 ޑިސެމްބަރ 19 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000364  އާއި ގުޅުއްވުން އެދެމެވެ.

                           18 ރަބީޢުލްއާޚިރު 1441

15 ޑިސެންބަރު 2019
ހޯދާ