މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ފައިލެޓް
ބޭނުންވާ އަދަދު :1

 ބޭނުންވާ ޢަދަދު:

 01  

 މުސާރަ:

 މަހަކު -/6880 ރުފިޔާ

 އެހެނިހެން އިނާޔަތްތައް:

 8،000ރ - 10،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ   ލިބޭނެއެވެ.

 ޝަރުތު:

- މުއްދަތު ހަމަނުވާ ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ  (މާސްޓަރ  އަންލިމިޓެޑް) ސެޓްފިކެޓް އޮތުން ނުވަތަ ލިމިޓެޑް މާސްޓަރ.

- ކެޕްޓަނެއްގެ ވަޒީފާގައި 3 އަހަރު އުޅެ ތަޖްރިބާ ލިބިފައިވުން  (ޖީ.ޓީ 10000 ޓަނުން ދަށުގެ އުޅަނދުފަހަރުގައި)

 މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

 - މާލޭގެ ވިޔަފާރި ބަނދަރަށް އަންނަ އުޅަނދު ފަހަރަށް   ޕައިލޮޓް  ޚިދުމަތް ދިނުމާއި އެމަސައްކަތުގައި ކުރަންޖެހޭ   ކަންތައްތައް ރާވާ ހިންގުން.

 - ކާގޯ އޮޕަރޭޝަނުން އަންގާ ގޮތެއްގެ މަތީން މަސައްކަތް   އަވަސްވާ ގޮތަކަށް އުޅަނދުފަހަރު ބާތަށް ކައިރިކޮށް   ދުރުކޮށްދިނުން.

 - ޕައިލޮޓް މޫވްމަންޓް ނިންމުމަށްފަހު ވެސެލް ޗެކްލިސްޓް ޕައިލޮޓޭޖް އެންޑް މެރިންސާވިސްއަށް ހަވާލުކޮށް، ޕީޓީބީ ފޯމް   ހެދުމުން ސޮއިކުރުން.

 - މާލެ ވިޔަފާރި ބަނދަރުގެ ޕޯޓް ލިމިޓެޑް ތެރޭގައި އަޅާފައި ހުންނަ އުޅަނދުފަހަރުގެ ކަންތައްތައް ބެލެހެއްޓުން.

 - އޮފީހުން ބަލަހައްޓަމުންގެންދާ ކަނޑުމަތީގެ ބައްތިތަައް ބެލެހެއްޓުމާއި މަރާމާތުކުރުމަށް ވޯކް އޯޑަރ ފޮނުވުން.

 - ހުޅުލެ، ފުނަދޫ އަދި ތިލަފުށި އަދި ހުޅުމާލެ ބަނދަރަށް  ގެންދާ  ބޯޓުފަހަރަށް ގަވާއިދާއި އެއްގޮތަށް ޕައިލޮޓް ޚިދުމަތް ފޯރުކޮށް ދިނުން.

 - ޕައިލޮޓޭޖް ޚިދުމަތް ދިނުމުގައި ދަތިވާ މައްސަލަތައް ޑިޕާޓްމެންޓް ހިންގަން ހުންނެވި ވެރިޔަކަށް އެންގުން.

 - ޕައިލޮޓޭޖް ޚިދުމަތުގައި އެކްސިޑެންޓެއް ހިނގައިފިނަމަ ޑިޕާޓްމެންޓަށް އެންގުމާއި އެޗް.އޯ.ޑީއަށް ލިއުމުން ރިޕޯޓްކުރުން

- ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ޕޯޓް ކޮންޓްރޯލް ޕާމިޓްތައް  އިޝޫކުރުން.

 މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

 މަސައްކަތްކުރަންޖެހޭ ތަން:

 ޕައިލޮޓޭޖް އެންޑް މެރިން ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

 ސުންގަޑި:

 23 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 15:30ގެ ކުރިން.

 ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

- ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ (މާސްޓަރ އަންލިމިޓެޑް)ގެ އެޓެސްޓް ކުރެވިފައިވާ ކޮފީ  

 ހުށަހަޅަންޖެހޭ އޮފީސް:

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު   މަގު)

 ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ   ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން   ހުންނާނެއެވެ.

 އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

 ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

 ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ދުވަހުގެ ކުށުގެ ރިކޯޑް ޗެކްކުރެވޭނެއެވެ.

15 ޑިސެންބަރު 2019
ހޯދާ