ކުޑަކުދިންގެ ހިޔާ، ކ. ވިލިނގިލި
ދިވެހިރާއްޖެ
ކުޑަކުދިންގެހިޔާގެ ކުދިން ސްކޫލަށް ދިއުމަށް ބޭނުންވާ ޔުނީފޯމާއި އެހެނިހެން ތަކެތި ހޯދުމާއި ގުޅޭ

2020 ވަނަ އަހަރު ކުޑަކުދިންނަށް ސްކޫލަށްދާ 37 ކުދިންނަށް ބޭނުންވާ ޔުނީފޯމް، ބޫޓް، ދަބަސް ފަދަ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

         

            މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސްގެ ދަށުން ހިންގާ ކުޑަކުދިންގެހިޔާ އިން ބަލަހައްޓަމުންދާ ކުދިންގެ ތެރެއިން 2020 ވަނަ އަހަރު ސްކޫލަށްދާ 37 ކުދިންނަށް ބޭނުންވާ ސްކޫލް ޔުނީފޯމް، އެކްޓިވިޓީ ޔުނީފޯމް، ބޫޓް، ދަބަސް ފަދަ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި، ވިލިމާލ، ކުޑަކުދިންގެހިޔާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 ޑިސެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ވިލިމާލެ، ކުޑަކުދިންގެހިޔާ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ދެންނެވީމެވެ.

            އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.

            މަސައްކަތް ޙަވާލުކުރެވޭނީ، ޕޮއިންޓް ދިނުމަށް، ހަމަޖެހިފައިވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3027640 އާއި ގުޅުއްވުން އެދެމެވެ.   

18 ރަބީޢުލްޢާޚިރު 1441

15 ޑިސެންބަރު 2019
ހޯދާ