ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުން

  1. މިސުކޫލްގައި ކުރަންވެފައި ހުރި ބައެއް މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. ބޯފެނާއި ފާޚާނާގެ ނިޒާމް މަރާމާތުކުރުން
  3. ޢިމާރާތް ތަކުގައި ކުލަ، ދަވާދުލުން
  4. ފައުންޑޭޝަން ކުދިންގެ ޕުލޭ އޭރިޔާ މަރާމާތުކުރުމާއި (މިހާރު ހުރިތަނުން އެހެން ތަނަކަށް ގެޔާއެކު ބަދަލުކުރުން) އަދި ސްޓަޑީ ކޯނަރ ތައް މަރާމާތުކުރުން.
  5. ނޯޓިސް ބޯޑު މަރާމާތުކުރުން
  6. ބައެއް ކްލާސްރޫމްތަކުގެ ފަންކާ އާއި ހޮޅިބުރިތައް ބަދަލުކުރުން
  7. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 15 އިން 2019 ޑިސެމްބަރ 18 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ 09:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ޑިސެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ނޮޅިވަރަމު ސްކޫލްގެ އޭ.ވީ ރޫމްގައި އޮންނާނެއެވެ.

 

  1. ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 25 ވާ ބުދަ ދުވަހުގެ 10:00 ގައި ނޮޅިވަރަމު ސްކޫލްގެ އޭ.ވީ ރޫމް ގައެވެ.

 

  1. މި ބީލަންތަކުގައި ބައިވެރިވާން އެދި ނަން ނޯޓްކުރައްވާ ފަރާތްތަކަށް ، މި ބީލަންތަކާގުޅޭ މަޢުލޫމާތު ކަރުދާސްތައް މެއިލް ކުރާނޭވާހަކަ ދެންނެވީމެވެ. ބީލަން ފޮތްތައް މި އިޢުލާނާ އެޓޭޗް ކުރެވިފައި ވާނެއެވެ. ކޮންމެ މަސައްކަތަކަށް ވެސް ހުށަހަޅަންވާނީ ވަކި ބީލަން ފޮތެކެވެ.  ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  2. މައުލޫމާތު ދިނުމާއި ބިޑުހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެފަރާތަކީ ކާކުކަންބަޔާންކޮށް، އެފަރާތެއްގެ އައިޑީ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުންވަންވާނެއެވެ.
  3. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.
  4. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޮޅިވަރަމު ސްކޫލް

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.

ފޯން: 6520555

އީ-މެއިލް: [email protected]

14 ޑިސެންބަރު 2019
ހޯދާ