ވަޒީފާގެ ފުރުޞަތު
|
ނަންބަރު: 198A/2019/146
|
ތާރީޚް: 12 ޑިސެމްބަރ 2019
|
މަޤާމު
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)
|
ރޭންކް: އެމް.އެސް 1
|
ޢަދަދު
|
01
|
މުއްދަތު: 7 (ހަތެއް) މަސް
|
ސެކްޝަން
|
ހިއުމަން ރިސޯސް ސެކްޝަން
|
ކްލެސިފިކޭޝަން
|
ސީނިއަރ އޮފިސަރ ގްރޭޑް 1
|
މަސައްކަތްކުރަންޖެހޭ ތަން
|
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
|
އަސާސީ މުސާރަ
|
-/5,610 ރުފިޔާ
|
މިމަޤާމަށް ލިބޭ އެލަވަންސް
|
- ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %50 (-/2,805)
- ސަރވިސް އެލަވަންސް: -/2,000
- ލިވިންގ އެލަވަންސް: -/3,000
- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
އަސާސީ ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
އެހެނިހެން ޝަރުތު
|
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މި ޑިޕާޓްމަންޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް
|
- ޝަރުޢީ ކޯޓުތަކާއި، އިދާރާތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމާއި ގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ އެންމެހާ ޗިޓްތައް ހެދުން.
- ޝަރުޢީދާއިރާއިން ރިޓަޔަރ ކުރަންޖެހޭ މުވައްޒަފުންގެ މަޢުލޫމާތު ޗެކްކޮށް، ރިޓަޔަރމަންޓް އެލަވަންސްގެ ހިސާބު ތައްޔާރުކުރުން.
- ޝަރުއީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ތައްޔާރުކުރަންޖެހޭ ޕީޕީޓީތަށް ތައްޔާރުކުރުން.
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޕަރފޯމެންސް އެޕްރައިޒަލް ފޯމުތައް، ޤަވާޢިދުގައި ކަނޑައެޅިފައިވާ މުއްދަތަށް ފުރިހަމަކުރަމުންދޭތޯ ޗެކްކޮށް ސެކްޝަން ހެޑަށް އަޕްޑޭޓް ދިނުން.
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ވަޒީފާ ބަޔާންތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ސެކްޝަނަށް ލިބޭ އެކި އެކި ސިޓީތަކާއި، މެސެޖްތަކަށް ޖަވާބު ތައްޔާރުކޮށް ލިޔުންތައް ފައިލްކުރުން.
- ޝަރުޢީދާއިރާގެ ކޯޓުތަކާއި އިދާރާތަކުގެ އިދާރީ އޮނިގަނޑު މުރާޖަޢާކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް، މަޢުލޫމާތު އެއްކުރުމާ އަދި އެކަމާ ގުޅިގެން ތައްޔާރުކުރަންޖެހޭ ކަރުދާސްތައް އެކުލަވާލާ، ކަމާގުޅޭ ފަރާތްތަކަށް ހުށަހެޅުން.
- ޝަރުޢީދާއިރާގެ ކޯޓުތަކާއި އިދާރާތަކުގެ އޮގްނޯގްރާމްތައް ތައްޔާރުކޮށް ޤަވާޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ޝަރުޢީދާއިރާގެ ކޯޓުތަކާއި، އިދާރާތަކުގެ މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ވިލަރެސްކުރުމާއި، އެމުވައްޒަފުންގެ މަސައްކަތު ފެންވަރު ކަމާގުޅޭ ފަރާތްތަކާ ގުޅިގެން މޮނިޓަރކޮށް ބެލެހެއްޓުމާއި، އަދި އެކަށީގެންވާ މިންވަރަށް މަސައްކަތްނުކުރެވޭ މުވައްޒަފުންނަށް ދޭންޖެހޭ ޓްރެއިނިންގތައް ސެކްޝަން ހެޑް އަންގަވާ ގޮތެއްގެ މަތިން ފޯރުކޮށްދިނުމަށް އެހީތެރިވުން.
- ޝަރުޢީދާއިރާގެ މުވައްޒަފުންނާގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ އެކި އެކި ރިޕޯޓްތައް އެކުލަވާލާ ކަމާގުޅޭ ފަރާތްތަކަށް ހުށަހެޅުން.
- ފަނޑިޔާރުންނާއި، ޝަރުޢީދާއިރާގެ އިދާރީ މުވައްޒަފުންގެ ޕޯޓްފޯލިއޯ އަޕްޑޭޓްކޮށް ބެލެހެއްޓުން.
|
ތަޢުލީމީ ރޮނގު
|
އެޑްމިނިސްޓްރޭޝަން ދާއިރާ
|
ގުޅޭ ވަޒީފާގެ ދާއިރާތައް
|
އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ހިއުމަން ރިސޯސް
|
ހުށަހަޅަންޖެހޭ ތަކެތި
|
1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
|
ސުންގަޑި
|
2019 ޑިސެމްބަރ 23 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340853 / 3340855
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
- ލިބިފައިވާ ތައުލީމް: 40 ޕަސެންޓް
- މަސައްކަތުގެ ތަޖްރިބާ: 8 ޕަސެންޓް
- އިންޓަރވިއު އާއި މަސައްކަތަށް ބޭނުންވާ ހުނަރަށް: 40 ޕަސެންޓް
- ޝަރުޢީދާއިރާގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ އެފަރާތެއްގެ މަސައްކަތު އަޚްލާޤާއި، ޕަރފޯމެންސަށް: 12 ޕަސެންޓް
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
|
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ފަރާތަކަށްވުން.
- އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއިން މަތީ ތަޢުލީމު ހާޞިލުކުރައްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- މައިކްރޯސޮފްޓް އޮފީސް، ކޮރަލްޑްރޯ އަދި ޕަވަރޕޮއިންޓް ފަދަ ޕްރޮގްރާމްސްތައް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
- ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލުކަންހުރުން.
- ސުޕަވައިޒަރުގެ މާބޮޑު ގައިޑެންސެއް ނެތި މިނިވަންކަމާއެކު، އަމިއްލަ ވިސްނުމާ ޚިޔާލު ބޭނުންކޮށްގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން.
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާއި، ވަޒީފައާއިބެހޭ ޤާނޫނަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
- އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
|