މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ނަންބަރު:  IUL)23-L/23/2019/454)

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ތާރީޚް: 11 ޑިސެމްބަރ 2019

 

 

 

ޤާނޫނު ނަންބަރ 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ދަށުން އުފައްދާފައިވާ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ ތިރީގައި ދަންނަވާފައިވާ މަޤާމު ހުސްވެފައިވާތީ އެ މަޤާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލަމެވެ.

ކައުންސިލްގެ ނަން

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް

މަޤާމު

ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒުތަކުގެ ތެރެއިން އެލައިޑް ހެލްތު ޕްރޮފެޝަނަލުން ތަމްރީނުކުރާ މަރުކަޒެއްގައި މަސައްކަތްކުރާތާ މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް

ބޭނުންވާ ޢަދަދު

01 (އެކެއް)

އެލަވަންސް

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.

ކައުންސިލް މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތު

  1. ކަނޑައެޅިގެން އެނގެންއޮތް އުޒުރެއް މެދުވެރިވެގެން މެނުވީ، ކައުންސިލްގެ ބައްދަލުވުންތަކަށް ހާޒިރުވުން.
  2. ކައުންސިލްގެ ރައީސް ޙަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.
  3. ކައުންސިލުން ބަލާ ޝަކުވާތަކާ ގުޅިގެން ޒިޔާރާތް ކުރަންޖެހޭ ތަންތަނަށް ޒިޔާރާތްކުރުމާއި ސުވާލުކުރަންޖެހޭ ފާރާތްތަކާ ސުވާލުކުރުމާއި، ދިރާސާ ކުރަންޖެހޭ ލިޔުންތައް ދިރާސާކުރުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.
  4. މުޖުތަމަޢުގެ ތެރޭގައި އުޅުމުގައި، ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޚްލާޤީ އަދި ސުލޫކީ މިންގަޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން.
  5. މީގެ އިތުރުންވެސް މިޤާނޫނުގައި ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ އެހެންވެސް ޤާނޫނެއްގައި ކައުންސިލްގެ މެންބަރުންގެ ޒިންމާއާއި މަސްއޫލއްޔަތު ކަމުގައި ކަނޑައަޅާގައިވާ ކަންކަން ކުރުން.

 

 

ތައުލީމީ ތަޖުރިބާއަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާގޮތް

  • ހެލްތު ޕްރޮފެޝަނަލް ދާއިރާއަކުން ހޯދާފައިވާ ސެޓްފިކެޓް                      
  1. ޑިޕްލޮމާ               20 މާކްސް
  2. ފުރަތަމަ ޑިގްރީ          30 މާކްސް
  3. ޕޯސްޓް ގުރެޖްއޭޓް ޑިޕްލޮމާ   40 މާކްސް
  4. މާސްޓާރސް ޑިގްރީ        50 މާކްސް
  5. ޕީ.އެޗް.ޑީ              75 މާކްސް

 

 

 

 

މަސައްކަތުގެ ތަޖުރިބާ

  • އެލައިޑް ހެލްތް ޕްރޮފެޝަންގެ މީހުން ތަމްރީނުކުރާ މަރުކަޒެއްގައި، ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރުމުގެ ތަޖުރިބާ
  1. ޚިދުމަތް ކޮށްފައިވާ މުއްދަތު 5 އަހަރު ނަމަ – 30 މާކްސް
  2. ޚިދުމަތް ކޮށްފައިވާ މުއްދަތު 7 އަހަރު ނަމަ – 40 މާކްސް
  3. ޚިދުމަތް ކޮށްފައިވާ މުއްދަތު 10 އަހަރު ނަމަ – 45 މާކްސް
  4. ޚިދުމަތް ކޮށްފައިވާ މުއްދަތު 12 އަހަރު ނަމަ – 50 މާކްސް

 

 

 

 

 

 

މާކުސް ދިނުމާއި އިންޓަވިއުކުރުމުގައި ގެންގުޅޭނެ އާންމު މިންގަނޑު

 

  1. އިޢުލާނަށް ކުރިމަތިލާ ފަރާތްތަކުގެ މާކުސް އެއްވަރު ވެއްޖެނަމަ މެންބަރުކަމަށް ހޮވޭނީ އިންޓަވިއު ކޮށްގެން އެންމެ މަތީ މާރކްސް ލިބޭ ފަރާތެކެވެ.
  2. ހުށަހަޅާ ތައުލީމީ ސެޓްފިކެޓްތަކުގެ ތެރެއިން މާކުސް ދެވޭނީ އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓްފިކެޓަށް އެކަންޏެވެ.
  3. މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ ފަރާތްތަކަށް އިންޓަވިއު ކުރުމަކާ ނުލައި އެ މަގާމަށް ހޮވުނު ކަމަށް ސިލެކްޝަން ކޮމިޓީއަށް ކަނޑައެޅިދާނެއެވެ.
  4. މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު މަދުވުމުގެ ސަބަބުން ނުވަތަ އެހެން މަގުބޫލު ސަބަބަކާގުޅިގެން، އަލުން ޢިއުލާނު ކުރާގޮތަށް ކަނޑައެޅުމުގެ އިހްތިޔާރު ސިލެކްޝަން ކޮމިޓީއަށް ލިބިގެންވެއެވެ.

 

މަޤާމައް ކުރިމަތިލާ ފަރާތްތަކުގެ ޝަރަތުތައް

  • ދިވެހި ރައްޔިތެއްކަމުގައި ވުން.
  • ކައުންސިލްގެ މެމްބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚްލާޤް ހުރި މީހަކު ކަމުގައިވުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
  • ޖިނާއި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެމްބަރެއް ނުވަތަ އެހެންވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ހިއްސާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައިއޮތް މީހަކު ކަމުގައި ނުވުން.
  • ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
  • ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން. (ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަޤާމެއް ނުވަތަ ސިޔާސީ ޕާޓީއެއްގެ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.)

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެމްބަރުކަމަށް އެދި ހުށަހަޅާ ސިޓީ
  2. ތައުލީމީ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް)
  3. މެމްބަރުކަމަށް އެދޭ ފަރާތަށް ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ލިޔުންތައް
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ
  5. ވަނަވަރު

ސުންގަޑި

19 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހު 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް)

ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުވާދެއްވުން

 

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014335 އަދި 3014331 އެވެ.

12 ޑިސެންބަރު 2019
ހޯދާ