ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ކުތުތުބުޚާނާ އިމާރާތު (މިއުޒިއަމް ބިލްޑިންގ އޭ) ގައި ހުރި މައްސަލަޖެހިފައިވާ އެއާރކޯންތަކުގެ މައްސަލަ ޙައްލުކޮށްދިނުމާއި، ބަދަލުކުރަންޖެހޭ އެއާރކޯންތައް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: (IUL)56-CAS/56/2019/36 އާގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ދުވަސްތަކުގައި، މައުލޫމާތު ސާފުކުރުމާއި (ޕްރީ ބިޑް މީޓިންގ)، އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގެންދެއްވުން އެދެމެވެ.

ތަފްސީލް

ތާރީޚް (ދުވަސް)

ގަޑި

ތަން

މައުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ)

19 ޑިސެމްބަރ 2019 (ބުރާސްފަތި)

10:00

 ޤައުމީ ކުތުބުޚާނާ، (މިއުޒިއަމް ބިލްޑިންގ އޭ)

ބީލަން ހުށައެޅުން

26 ޑިސެމްބަރ 2019 (ބުރާސްފަތި)

10:00

 ޤައުމީ ކުތުބުޚާނާ، (މިއުޒިއަމް ބިލްޑިންގ އޭ)

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 60 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު * 60)
  • މުއްދަތަށް  30 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު * 30)
  • ތަޖުރިބާއަށް 10 ޕޮއިންޓް(މިފަދަ މަސައްކަތެއް ނުވަތަ ގުޅުންހުރި މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

  ނޯޓު: ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓް ދިނުމުގައި ކޮށްފައިވާ މަސައްކަތުގެ ކުޑަ ބޮޑު މިނަށް (ޕްރޮޖެކްޓްގެ އަގަށް) ބެލޭނެއެވެ.

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕާޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.  

ނ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކުރައްވާފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރި ރަޖިސްޓްރޭޝަންގެ ކޮޕީ

ރ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން ޤައުމީ ކުތުބުޚާނާ ކަށަވަރު ކުރާނެއެވެ.)

ބ. އިމާރާތްކުރުން ނުވަތަ މަރާމާތުކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.

ޅ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ޤައުމީ ކުތުބުޚާނާއިން ދީފައިވާ ބީލަން ފޮތުގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށް ފަހު، ބީލަން ފޮތާއި އަންދާސީ ހިސާބު، ބަންދުކުރެވިފައިވާ ސިޓީއުރައެއްގެ ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3007200 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

                           15 ރަބީޢުލްއާޚިރު 1441

12 ޑިސެންބަރު 2019
ހޯދާ