ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ކޮމްޕިޓެންސީ އިމްތިޙާނާ ބެހޭ

  

ފެކަލްޓީ އޮފް ހެލްތު ސައިންސަސް

ހަނދުވަރީހިގުން، މާފަންނު

މާލެ، (20318)، ދިވެހިރާއްޖެ

ފޯނު (960) 3346500 :   

ފެކްސް: (960) 3316498

www.mnu.edu.mv

                                                                               ނަންބަރު: 21/2019/MED/153-FHS

އިޢުލާން

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީ ކުރުމުގެ ކުރިން ފެންވަރު ބެލުމުގެގޮތުން ދެވޭ އިމްތިހާނާ ބެހޭ.                  

             ރާއްޖޭގައި މަސައްކަތްކުރައްވާ ފާމަސިސްޓުންނާއި، މެޑިކަލް ލެބޯރެޓަރީ ޓެކްނޮލޮޖިސްޓުންނާއި، ކޮމިއުނިޓީ ހެލްތް/ ޕްރައިމަރީ ހެލްތް ކެއަރގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޚާއްސަކޮށްގެން ފެންވަރު ބެލުމުގެގޮތުންދެވޭ ކޮމްޕިޓެންސީ އިމްތިޙާން ފެކަލްޓީގައި ބޭއްވޭނީ ތިރީގައި މިދަންނަވާ ތާވަލުގައިވާ ދުވަސްތަކުގައި ހެނދުނު 10:00 ގައެވެ.             

#

މަސް

ދުވަސްތައް

1

ޖެނުއަރީ

20

2

ފެބްރުއަރީ

10 އަދި 24

3

މާރޗް

09 އަދި 23

4

އޭޕްރީލް

06 އަދި 20

5

މެއި

04 އަދި 18

6

ޖޫން

08 އަދި 22

7

ޖުލައި

06 އަދި 20

8

އޮގަސްޓް

10 އަދި 24

9

ސެޕްޓެމްބަރ

07 އަދި 21

10

އޮކްޓޯބަރ

05 އަދި 19

11

ނޮވެމްބަރ

02, 16  އަދި 30

       އިމްތިޙާންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ކަންތައްތަކަށް ސަމާލުކަން ދެއްވަންޖެހޭނެއެވެ.

-          އިމްތިޙާން އޮންނަ ދުވަހުގެ 2 ދުވަސް ކުރިން (ބަންދު ދުވަސް ނުހިމަނާ) ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައި ރަޖިސްޓްރީ ކުރުން.

-          އިމްތިޙާން އޮންނަ ދުވަހު ތިމްތިޙާން ފެށުމުގެ 30 މިނިޓް ކުރިން އިމްތިޙާނަށް ޙާޟިރުވުން.

-          އިމްތިޙާނަށް ޙާޟިރުވާއިރު ބިދޭސީއެއްނަމަ ޕާސްޕޯޓް އަދި ދިވެއްސެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް، އިމްތިޙާނަށް ފީ ދެއްކިކަމުގެ ރަސީދު އަދި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ދެއްވާފައިވާ ޕްރީ ރަޖިސްޓްރޭޝަން އޭޕްރޫވަލް ސްލިޕް އާއި އެބޯޑުން ދެއްވާ އިންޓަވިއުއިން ފާސްވިކަމުގެ ލިޔުން ގެނައުން.

           އިތުރު މަޢުލޫމާތު މިފެކަލްޓީގެ ފޯނު ނަމްބަރު 3346500 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

12 ޑިސެންބަރު 2019
ހޯދާ