ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ކެލާ ކައުންސިލަށް އިންޓާންޝިޕް މުވައްޒަފުން ހޯދުމާއިގުޅޭ

އިޢުލާން

ހއ. ކެލާ ކައުންސިލަށް އިންޓާންޝިޕް މުވައްޒަފުން ހޯދުމާއިގުޅޭ

ހއ. ކެލާ ކައުންސިލަށް އިންޓާންޝިޕްގެ ދަށުން މަސައްކަތްކުރާނެ ކުދިން ބޭނުންވެއްޖެއެވެ.     

ބޭނުންވާ ޢަދަދު:              02

މުއްދަތު:                   01 މަސްދުވަސް

ޝަރުތު:                   އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިން

އެލަވަންސް/ ޕޮކެޓްމަނީ:          މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/50 ރުފިޔާ

މަސައްކަތުގެ ގަޑި:             06 ގަޑިއިރު ( ސަރުކާރުގެ ރަސްމީގަޑި )

ވަޒީފާއަދާކުރަންޖެހޭ ތަން:         ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ

 

 

ޝަރުތު:

-          ލިޔަން ކިޔަން ރަގަޅަށް ދަތުމާއެކު މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

-          އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް އިސްކަންދެވޭނެއެވެ.

 

މަސްޢޫލިއްޔަތު:

-          ކައުންސިލްއިން އަންގާ ގޮތެއްގެ މަތިން ކައުންސިލްގެ އިދާރީ މަސައްކަތްތައް ކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭފޯމް (ފޯމް ކެލާ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

 

ވަޒީފާއައް އެންމެ ޤާބިލުފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް :

  1. ޙާސިލްކޮއްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ލިބިފައިވާ އެހެނިހެން ހުނަރު
  3. ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމައް މީހުން ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިޔު ކުރުމަށްފަހުގައެވެ. އިންޓަވިއު އޮންނާނީ 22 ޑިސެމްބަރ 2019 އާއި 26 ޑިސެމްބަރ 2019 އާއި ދެމެދު ކެލާ ކައުންސިލް އިދާރާގައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލު އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލު އިދާރާއަށެވެ. މި ވަޒީފާއަށްއެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވެލައްވާނަމަ، ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާގެ ފޯނު ނަންބަރ: 6500027 އާއި ގުޅުއްވުން އެދެމެވެ.

11 ޑިސެމްބަރ 2019

11 ޑިސެންބަރު 2019
ހޯދާ