މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު ވަޒީފާގެ ފުރުޞަތު

ނަމްބަރ: (IUL)297-AD/297/2019/30 

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް:

މަސައްކަތު

މަޤާމުގެ ނަންބަރު:

J-309013 , J-319014, J-307300

ބޭނުންވާ ޢަދަދު:

3 (ތިނެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯރޓް ސްޓާފް ގްރޭޑް 1

މަޤާމުއޮތް އޮފީސް

މިލަދުންމަޑުލުދެކުނުބުރީ ވެލިދޫކައުންސިލްގެ އިދާރާ

ވަޒީފާއަދާކުރަންޖެހޭ ތަން:

މިލަދުންމަޑުލުދެކުނުބުރީ ވެލިދޫކައުންސިލްގެ އިދާރާ

މުސާރަ

މަހަކު 3100.00 ރ

ސަރވިސް އެލަވަންސް

މަހަކު 1000.00 ރ

އިތުރުއިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ސަޕޯޓިންގ ކޯ އެލަވަންސް 1: މަހަކު -/1200ރ (ބާރަ ސަތޭކަ ރުފިޔާ)

 

މަޤާމުގެ މައިގަޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1.  ކައުންސިލްއިދާރާއިން ނުވަތަ މިސްކިތުގެ އިމާމްހަމަޖައްސާއުޞޫލެއްގެމަތިން މިސްކިތުގެމަސައްކަތްކުރުން
  2. ކޮންމެނަމާދުވަގުތެއްގެ 15 މިނިޓްކުރިން މިސްކިތަށްގޮސް މިސްކިތާވަޅުދޮށް އަދި އިސްކުރުބަރި ސާފްކުރުން.
  3. މިސްކިތްފޮޅާސާފްކޮށް ވަޅުދިޔަހިއްކާ މިސްކިތާބެހޭ ހުރިހާކަމެއްކުރުން.
  4. ފާޚާނާއާއި އިސްކުރުބަރިދޮވެ ސާފްކޮށް ބެލެހެއްޓުން.
  5. މިސްކިތުގޯތިތެރެއާއި މިސްކިތާ އިންވެގެންހުންނަމަގުތަކުގެ މިސްކިތާވީފަޅި ހަޑިވިޔަނުދީ ކުނިކެހުމާއި ވިނަނޮޅުމާއި ކުނިއުކާލުމުގެ މަސައްކަތްކުރުން.
  6. ރަށުކައުންސިލްއިދާރާ ނުވަތަ މިސްކިތު އިމާމް ހަމަޖައްސާ އުޞޫލެއްގެމަތިން ގަސްތައްކޮށާ ގަސްތަކަށްފެންދީހައްދާ ބެލެހެއްޓުން
  7. މިސްކިތުގެ ދޮރާދޮރުފަތްތަކާ ބިއްލޫރިލެވިފާހުރި ތަންތަނާ، ހޮޅިބުރި / ބޮކި ފަންކާ، ސީލިންގ، ލިޔުންފިލަޔާ، ކަބަޑުތައް ސާފްކޮށް ބެލެހެއްޓުން.
  8. މިސްކިތުގެ ގޯތީގެ ވަށާފާރު ދޮވެސާފްކޮށް ބެލެހެއްޓުން.
  9. ކޮންމެދުވަހަކު މިސްކިތަށްގޮސް ހޮޅިބުރި/ ބޮކި،ފަންކާ، ކަބަޑުތައް ފޮހެ ސާފްކުރުން. އަދި ހޮޅިބުރި / ބޮކި ފަންކާ ބޭނުންވާ ވަގުތުގައި ދިއްލާނިއްވުން.
  10. މިސްކިތާ، ފާޚާނާ، އަދި އިސްކުރުބަރިޔާ މިސްކިތުގޯތިތެރޭގައި ހުންނަ ލައިޓްތައްއެދުމުން މިސްކިތު އިމާމްއަށް އަންގާ އެތަކެތި ބަދަލުކުރުން.
  11. ރަށުކައުންސިލްއިދާރާއިން ނުވަތަ މިސްކިތު އިމާމް ހަމަޖައްސާ އުޞޫލެއްގެމަތިން މިސްކިތު ގޯތިތެރޭގެ ވިނަކޮށުމާއި ވިނަނޮޅުމާއި ސާފްކުރުން.
  12. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން މިސްކިތު އިމާމް މެދުވެރިކޮށް ރަށުކައުންސިލްއިދާރާއަށް އަންގަމުންދިއުން.
  13. މީގެއިތުރުން މިސްކިތާގުޅިގެން ކުރަން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

 

 

މަޤާމުގެ ޝަރުޠުތައް

ލިޔަކިޔަންކިޔަން އެނގުން. (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ސްކޫލް ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެކަމާބެހޭ އިދާރާތަކުން ބަޔާންކޮށް ދޫކުރާލިޔުމަށް ބަލައިގެންނެވެ.)

 

 

ހުށައަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި، އިދާރާގެ ވެބްސައިޓުންނާ ކައުންޓަރުން ލިބެން ހުންނާނެއެވެ.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

4. ދިވެހިސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާއޮފީހުން ދޫކޮށްފައިވާ ލިއުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،   އެ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ) ސިވިލްސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއްގައި ވަޒީފާއަދާކޮށް ފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒިފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުންދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރި ގޮތްއަންގައިދޭ ރެފަރެންސް ޗެކުފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެއިދާރާތަކާއި ސަރުކާރުހިއްސާވާ ކުންފުންޏެއްފައި މަސައްކަތްކޮށް ފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށް ފައިވާ ލިޔުން ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް

 

         

 

ވަޒީފާއަށް އެންމެޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެކަންތައް

ދާއިރާ

ބެލޭނެބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސަ

 

ލިބިފައިވާ ތަޢުލީމް

25

21

26

 

ތަޢުލީމާ ތަމްރީން

މަޤާމުގެ މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

މަސައްކަތުގެ ތަޖްރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާގުޅޭ ތަޖްރިބާ

30

26

26

ލިބިފައިވާ ހުނަރު

އިންޓަރވިއު / ފްރާންސް

100

48

48

ޖުމްލަ

 

185

100

100

             

 

 

މަޤާމަށްއެދެންވީގޮތާއި ސުންގަޑި:

މަޤާމަށްއެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 18 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ މެމްދުރުފަހު 2.00ގެ ކުރިން ނ.ވެލިދޫކައުންސިލްގެ އިދާރާއަށްށެވެ. އަދި ފެކްސް ނަންބަރ 6560030 ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ، އަދި އިޢުލާނުގެ ސުންގޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށްބަން ދު ދުވަހެއް ކަޑައަޅައިފިނަމަ އެކަޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދޭ ފޯމްބަލައި ގަނެވޭނެއެވެ.

 

ސޯޓްލިސްޓްކުރުން

މިވަޒީފާއަށް އެދި ހުށާއަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީފެންވަރާއި ތަޖްރިބާއަށް ބަލާ ވަޒީފާއަށް ކުރިމަތިލާ ފައިވާ ފަރާތްތަކުގެ ތެރެއިން އެންނެމަތިން މާކްސްލިބޭ ފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު (އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަނަމަ

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 22 ޑިސެމްބަރ 2019 އާއި 30 ޑިސެމްބަރ 2019 އާ ދެމެދު، ނ.ވެލިދޫކައުންސިލްގެ އިދާރާ ގައެވެ.

 

ވަޒީއަށް ކުރިމަތިލީ ފަރާތް ތަކަށްޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާއްމު ކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީބަންދުނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް) އާއްމުކޮށް ފެންނާނެހެން މިއިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓްދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2  ފޯމް އާއްމުކުރާ ދުވަހުންފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެތެރޭގައި އެޝަކުވާއެއް މިއިދާރާއަސް ހުށައަޅަންވާނެއެވެ

އިތުރުމަޢުލޫމާތު ހޯދުން

މިއިޢުލާނާގުޅިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ 6560010،6560056 ފޯނާއެވެ. އީ.މެއިލްކުރާނީ [email protected] އަށެވެ.

09 ޑިސެންބަރު 2019
ހޯދާ