ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރަކު ހޯދުމަށް

އެއްގަމުގައިދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރަކު ބޭނުންވެއްޖެއެެވެ.

ޝަރުތު :

  • ލިޔަންކިޔަން އެގުން
  • އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް A1, AO, B1, B2, BO, C1, C2, CO, C3, C4, DO, E, V1, ކެޓަގަރީތައް ދުއްވުމުގެ ހުއްދައޮތް މީހަކު ކަމުގައިވުން
  • މި އިދާރާގެ މުވައްޒަފަކު ކަމުގައި ނުވުން
  • ފާއިތުވި ފަސްއަހަރު ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން. ( 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް ހުށަހަޅަން ވާނެއެވެ.)
  • ޑްރައިވިން ސްކޫލެއްގެ ޙިއްޞާ އޮންނަ ފަރާތެއްކަމުގައި ނުވުން.

 

އެގުޒަމިނަރުކަން ކުރައްވާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ދުއްވާކޮންމެ ހަތަރު ފުރޮޅާއި، ތިން ފުރޮޅުލީ އުޅަނދަކަށް -/25ރ (ފަންސަވީސް) ރުފިޔާ އަދި ދެފުރޮޅުލީ އުޅަނދަކަށް -/15 ރ (ފަނަރަ) ރުފިޔާގެ އެލަވަންސެއް ލިބިވަޑައިގަންނަވާނެއެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 17 ޑިސެމްބަރު 2019 ވަނަ ދުވަހު 13:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެވެމެވެ.

09 ޑިސެންބަރު 2019
ހޯދާ