މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

މި މިނިސްޓްރީގެ އޮފީސް އިމާރާތު (ޤައުމީ ދާރުލްއާސާރު ބިލްޑިންގ، ބްލޮކް ބީ) ގައި ހުރި މައްސަލަޖެހިފައިވާ އެއާރކޯން ތަކުގެ މައްސަލަ ޙައްލުކޮށްދިނުމާއި، ބަދަލުކުރަންޖެހޭ އެއާރކޯންތައް ބަދަލުކޮށް ދޭނެ ފަރާތެއް ހޯދުމަށް 28 ނޮވެމްބަރ 2019 ގައި ކުރެވުނު ނަންބަރ: IUL)473-OU-05124/473/2019/58) އިއުލާނާއި ގުޅިގެން އެއްވެސްފަރާތަކުން އަގުހުށައަޅާފައި ނުވާތީ އެ އިޢުލާނު ބާޠިލްކޮށް،, މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކުރަމެވެ.

ވީމާ މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ދުވަސްތަކުގައި، މައުލޫމާތު ސާފުކުރުމާއި (ޕްރީ ބިޑް މީޓިންގ)، އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގެންދެއްވުން އެދެމެވެ.

ތަފްސީލް

ތާރީޚް (ދުވަސް)

ގަޑި

ތަން

މައުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ)

12 ޑިސެމްބަރ 2019

(ބުރާސްފަތި)

10:00

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއާސާރު ބިލްޑިންގ)

ބީލަން ހުށައެޅުން

17 ޑިސެމްބަރ 2019

(އަންގާރަ)

10:00

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއާސާރު ބިލްޑިންގ)

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 60 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު * 60 )
  • މުއްދަތަށް  30 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު * 30 )
  • ތަޖުރިބާއަށް 10 ޕޮއިންޓް(މިފަދަ މަސައްކަތެއް ނުވަތަ ގުޅުންހުރި މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.) ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓް ދިނުމުގައި ކޮށްފައިވާ މަސައްކަތުގެ ކުޑަ ބޮޑު މިނަށް (ޕްރޮޖެކްޓްގެ އަގަށް) ބެލޭނެއެވެ.

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް. 

ނ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކުރައްވާފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރި ރަޖިސްޓްރޭޝަންގެ ކޮޕީ

ރ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)

ބ. އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.

ޅ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު މިނިސްޓްރީން ދީފައިވާ ބީލަން ފޮތުގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށް ފަހު، ބީލަން ފޮތާއި އަންދާސީ ހިސާބު ބަންދުކުރެވިފައިވާ ސިޓީއުރައެއްގެ ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3340208 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

09 ޑިސެންބަރު 2019
ހޯދާ