ވާދޫ ސްކޫލް، ރ. ވާދޫ
ދިވެހިރާއްޖެ
ސެކިޔުރިޓީ ބެލެހެއްޓުން

މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 17 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 ށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށް ފަހު 22 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި " ސެކިއުރިޓީ ބަލަހައްޓައިދިނުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ސިޓީއާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ސިޓީތައް ބާތިލް ކުރެވޭނެ ކަމުގައި ދެންނެވީމެވެ.

އަންދާސީ ހިސާބު ކެނޑުން އޮންނާނީ 22 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ 13:00 ގައެވެ. އަންދާސީ ހިސާބު ކެނޑުމަށް އެހެން ފަރާތަކުން ހާޟިރުވެލައްވާ ނަމަ އެކަން އަންގައިދޭ  ލިޔުމެއް  ހުށަހަޅަންވާނެއެވެ. އަދި މީގެ ކުރިން ސެކިއުރިޓީ  ބަލަހައްޓާފައިވާ ފަރާތެއް  ކުރިމަތިލާނަމަ، ސެކިއުރިޓީ ބެލެހެއްޓި  އޮފީހުގެ ލިޔުން (  ސެކިއުރިޓީ ބެލެހެއްޓި  ގޮތުގެ ) ސިޓީއާއި އެކު ހުށަހަޅަން ވާނެއެވެ. އަދި ދަންނަވަމެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

09 ޑިސެންބަރު 2019
ހޯދާ