އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ލިފްޓް މަރާމާތުކޮށް ބެލެހެއްޓުން

  1. 1 ޖެނުއަރީ 2020 ވަނަ ދުވަހުން ފެށިގެން 2 އަހަރު ދުވަހުގެ މުއްދަތަށް މި ސްކޫލުގެ އާ އިމާރާތުގެ 3 ލިފްޓް މަރާމާތުކޮށް ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ކުރި މި ސްކޫލުގެ ނަންބަރ AS-B/IU/2019/90 (2 ޑިސެމްބަރ 2019) އިއުލާނަށް މައުލޫމާތު ސާފުކުރުމަށް ހާޟިރުވީ ދެ ފަރާތުން ކަމަށް ވާތީ އެ އިއުލާނު ބާތިލުކޮށް އަލުން ބިޑް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ  12 ވާ ބުރާސްފަތި ދުވަހު 11.00 ށް  މި ސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

3. ބީލަން ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 16 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

4. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

6. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތެއްގެ ބިޑް ބަލަގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އަމީނިއްޔާ ސްކޫލް

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3325762، 3323247

އީ-މެއިލް: [email protected]

 

12 ރަބީޢުލްއާޚިރު 1441

08 ޑިސެންބަރު 2019
ހޯދާ