ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުއްތުކުދިން ކުޅުމަށް ބޭނުންވާ 02 ފުޓްސަލްދަނޑު ހަދައިދޭނެ ފަރާތެއް ހޯދުން

ނިލަންދޫ ކުޑަކުދިންގެ ޕާކާއި ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތީގައި ތުއްތު ކުދިން ބޯޅަ ކުޅުމަށް ވިނަ ކާޕެޓު ދިނުމުން ކާޕެޓު އަޅައިގެން އަމިއްލަ ތަކެތީގައި ކުޑަ 2 ފުޓްސަލް ދަނޑު ހަދަން ބޭނުން ވެއްޖެއެވެ.

 

މި 2 ދަނޑާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން 2019 ޑިސެންބަރު 15 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.

 

ވީމާ، މި މަސައްކަތް ކުރަން ބޭނުންފުޅުވާ ބޭފުޅުން، "އަންދާސީ ހިސާބު ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2019 ޑިސެންބަރު 18 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

މި 2 ދަނޑުގެ މަސައްކަތާ ބެހޭ މަޢުލޫމާތު ކަރުދާހާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމު، މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް       (fb id: Faafu Nilandhoo Council Idhaaraa) އެ ލިއުންތައް ނެގެން ހުންނާނެއެވެ.

 

12 ރަބީޢުލްއާޚިރު 1441

09 ޑިސެންބަރު  2019

09 ޑިސެންބަރު 2019
ހޯދާ