ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ވީޑިއޯ ޑްރާމާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2019/117

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-28-19) PSM-TV-Pro /2019/213

 

 

 

އިޢުލާން

 ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

                        މިކުންފުނީގެ ޓީވީއެމް އިން ދެއްކުމަށް 10 މިނެޓްގެ 15 ވީޑިއޯ ޑްރާމާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު (IUL) PSM-FP/ PSM/2019/111 ނަންބަރ އިޢުލާނާ ގުޅިގެން ބިޑްޕްރޮޕޯސަލް ހުށަހެޅުމުގެ މަރުހަލާގައި އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލްކޮށް، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުލުވާލަމެވެ. މި ޑްރާމާތަކަކީ އިޖްތިމާޢީ ތަފާތު މައްސަލަތަކަށް ތަފާތު ސްޓޯރީތަކަށް ތައްޔާރުކުރެވޭ ޑްރާމާތަކެވެ.

                      ވީމާ، މިކުންފުނިންދޭ މަޢުލޫމާތާއެއްގޮތަށް މިޑްރާމާތައް ތައްޔާރުކޮށްދިނުމަށް ޝައުޤުވެރި ވެލައްވާ ފަރާތް ތަކުން މިކުންފުނިން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޕީ.އެސް.އެމްގެ  ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް  10 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 14:00 އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ޑިސެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

                      ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

08 ރަބީޢުލްއާޚިރާ  1441                              

                      05 ޑިސެމްބަރ 2019                             

05 ޑިސެންބަރު 2019
ހޯދާ