ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓު އޮފިސަރ

ވަޒީފާގެ ފުރުޞަތު

ނަންބަރ:

J3C/2019/03

ތާރީޚް:

5 ޑިސެމްބަރު 2019  ބުރާސްފަތި

  • މަޤާމް:

ކޯޓު އޮފިސަރ

ރޭންކް:

ޖީ. އެސް 3

  • ޢަދަދު:

01 (އެކެއް)

  • މަސައްކަތްކުރަންޖެހޭ ތަން:

ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓްކޯޓް

  • އަސާސީ މުސާރަ:

 4465.00ރުފިޔާ

 

  • މި މަޤާމަށް ލިބޭ އެލަވަންސް:

  • ސާރވިސް އެލަވަންސް: 1500.00 ރުފިޔާ
  • ޖުޑީޝަލް އެލަވަންސް: 893.00  ރުފިޔާ (މުސާރައިގެ %20)
  • ލިވިންގ އެލަވަންސް: 2550.00 ރުފިޔާ
  • ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
 
  • އަސާސީ ޝަރުޠު:

1- ޘާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމާއެކު ، އޭގެ އިތުރުން "ސެކަންޑްރީ ސްކޫލް" ނުވަތަ "ހަޔަރސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި  " ދިވެހި " މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން ނުވަތަ،

2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢްލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.                                                        

 

  • އެހެނިހެން ޝަރުޠު:
 
  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން ޢުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި،ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބޭ ޢުމުރުކަމަށްވާ ޢުމުރުން 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަޥާޢިދު 2011ގެ 70ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ ޢާއިލީ ގާތްކަމެއް ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއް ކަމުގައި ނުވުން.
  • ވ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވާންޖެހޭ ޙާލަތުގައި އެ ކޯޓަށް ޙާޟިރުވުން.
 
  • މަޤާމުގެ މަސްއޫލިއްޔަތު:
 
  • ކޯޓަށް ހުށަހެޅޭ ޝަރުޢީ މައްސަލަތަކާގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް.
  • ކޯޓަށް ޙާޟިރުކުރަންޖެހޭ ފަރާތްތަކަށް ފޮނުވާ އަމުރު ތައްޔާރުކުރުމާއި ހުށަހެޅޭ މައްސަލަ ތަކުގެ ފައިލްތައް ތައްޔާރުކޮށް ފުރިހަމަކޮށް ބެލެހެއްޓުން.
  • ކޯޓުގެ ޝަރީޢަތުގެ އަޑުއެހުންބޭއްވުމަށް ބޭނުންވާ އިދާރީ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން.
  • ޝަރުޢީ މަސައްކަތާގުޅިގެން ބަލަހައްޓަން އެންމެހާ ރެކޯޑުތައް ބެލެހެއްޓުން.
  • މީގެ އިތުރުންވެސް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވާޢިދުން ކުރުން.
  • ހުށަހަޅަންޖެހޭ ތަކެތި:

1- ޝަރުޢި ދާއިރާ ވަޒީފާ އަށް އެދޭ ފޯމް

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލުގެ ކޮޕީ)

4- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.  (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު،މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯރޓް. (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައިވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.(އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލުގެ ކޮޕީ)

  • ސުންގަޑި:
 2019 ޑިސެމްބަރު 22 ވާ އާދީއްތަ ދުވަހުގެ 13:30ގެ ކުރިން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
 
  • ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްބެލޭނެ ކަންތައް
 ކޯޓު އޮފިސަރުގެ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢްލީމަށާއި، ތަޖްރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށާއި، ޤާބިލްކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މި ގޮތުން މި ބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
  • ލިބިފައިވާ ތަޢްލީމް: 30 ޕަސެންޓް
  • މަސައްކަތުގެ ތަޖްރިބާ: 10 ޕަސެންޓް
  • އިންޓަރވިއު: 50 ޕަސެންޓް
  • މަސައްކަތަށް ބޭނުންވާ ހުނަރަށް: 10 ޕަސެންޓް
 
  • ތައްލީމީ ދާއިރާ
 
  • އެޑްމިނިސްޓްރޭޝަން/ ޤާނޫނީ ދާއިރާ
 
  • މަސައްކަތާގުޅޭ ތަޢްލީމީ ސެޓްފިކެޓް

-  ބިޒްނަސް އެޑްމިނިސްޓްރޭޝަން

-  ޕަބްލިކް އެޑްމިނިސްޓްރޭޝަން

-  މެނޭޖްމަންޓް

-  ޝަރީޢާ/ ޤާނޫނު

  • އިތުރު މަޢްލޫމާތު
  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަންނަން އެދޭ ފޯރމް މި ކޯޓުންނާއި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ  ވެބްސައިޓް www.judiciary.gov.mv   އިން ލިބެން ހުންނާނެއެވެ.
  • މަޢްލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6700730/6700733
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަންފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ކަމަށް މި އިޢްލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޟިރުވާއިރު ހުށަހަޅާ ފައިވާ ސެޓްފިކެޓް ތަކާއި ލިޔުންތަކުގެ އަޞްލު ގެނައުމަށް ދެންނެވީމެވެ.
 
  • މަޤާމަށް މީހަކު ހޮވުމުގައި އިސްކަންދެވޭ ކަންތައްތައް
 
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ފަރާތަކަށްވުން.
  • ވ.ތިނަދޫމެޖިސްޓްރޭޓްކޯޓަށް ޙާޟިރުވާނެޖެހޭ ޙާލަތުގައި ޙާޟިރުވެވޭނެ ފަރާތަކަށްވުން.
  • އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ދަތުރުކުރަން ޖެހިއްޖެ ޙާލަތެއްގައި ދަތުރުކުރެވޭނެފަދަ ޞިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަންއެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއެކު އެޑްވާން ފެންވަރެއްގައި ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
 އެހެނިހެން މަޢްލޫމާތު:  މިމަޤާމުގައި މަސައްކަތްކުރާ ފަރާތަކީ ވ. ތިނަދޫ މެޖިސްޓްރޭޓްކޯޓުގައި މަސައްކަތްކުރުމަށް އެ ކޯޓަށް ޙާޟިރުވާންޖެހޭ ޙާލަތުގައި އެކޯޓަށް ޙާޟިރުވާން ވާނެކަމަށް ބަޔާންކޮށް އެކޯޓުގެ އިދާރީ މަސައްކަތަށް ބޭނުންޖެހޭ ޙާލަތުގައި އެކޯޓަށް ފޮނުވަންޖެހޭ ގޮތުގެމަތިން މި ކޯޓުގެ ރަޖިސްޓްރީއަށް އިތުރުކޮށްދެއްވާފައިވާ މަޤާމެކެވެ.

 

 

 
05 ޑިސެންބަރު 2019
ހޯދާ