ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސްޓީއެމް-1 ފައިބަރ ކަނެކްޝަން ހިދްމަތްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2019/116

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-029-19) PSM-GA /2018/608

 

 

 

އިޢުލާން

  • ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

                         ޕަބްލިކް ސާރވީސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދާ އައިއެސްޑީބީޓީ ޕްރޮޖެކްޓްގެ ޚިދުމަތް ރާއްޖޭގެ ރަށްތަކަށް ފޯރުކޮށްދިނުމަށް ބޭނުންވާ އެސްޓީއެމް-1 ފައިބަރ ކަނެކްޝަންއަކީ ދިގުމުއްދަތަކަށް ބޭނުން ކުރަންޖެހިދާނެ ޚިދުމަތަކަށްވެފައި އެޚިދުމަތް ހޯދުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިތުރު ބައެއްކަންތައް ކުރަންޖެހޭތީ ކުރިން ކުރެވުނު (IUL) PSM-FP/ PSM/2019/42 ނަންބަރ އިޢުލާނާއި އެއިޢުލާނާ ގުޅިގެން ލިބިފައިވާ ޕްރޮޕޯސަލްތައް ކެންސަލްކޮށް، އަލުން ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

                        ވީމާ، މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން 11 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 14:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 14:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

                        ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

05 ރަބީޢުލްއާޚިރާ 1441                        

                          02  ޑިސެމްބަރ  2019                          

05 ޑިސެންބަރު 2019
ހޯދާ