ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާނޫނީލަފާ ދޭނެ ފަރާތެއް ހޯދުން

އިއުލާން

 

ޤާނޫނީ މަސައްކަތްކޮށް ދިނުމާއި ޤާނުނީ ލަފާދޭނެ ފަރާތެއް ހޯދުން.

 

        މިކައުންސިލަށް ބޭނުންވާ ޤާނޫނީ މަސައްކަތްކޮށް ދިނުމަށާއި ( ކޯޓްތަކުގައި މި ކައުންސިލްގެ ފަރާތުން ވަކާލާތުކުރުން ) ޤާނޫނީ ކަންކަމުގައި ލަފާ ފޯރުކޮށްދިނުމަށްޓަކައި ކޮންޓްރެކްޓް އުޞޫލުން 02 ( ދޭއް ) އަހަރުގެ މުއްދަތަށް މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވިމާ މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެފަރާތްތަކުގެ ވަނަވަރާއި ޤާނޫނީ ދާއިރާއިން ހޯދައިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި މަސައްކަތްކޮށް ދިނުމަށް ހުށަހަޅާ އަގު އެނގޭނޭގޮތަށް 19 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  މިމަސައްކަތްކޮށްދޭނެ ފަރާތްތެއް ހޮވުމުގައި ތިރީގައި މިވާކަންކަމަށް ބެލެވޭނެވެ.

 

#

ތަފްސީލް

މާކްސް

01

މަސައްކަތް ކޮށްދިނުމަށް ހުށަހަޅަނީ ލޯފާމަކުން ނަމަ

25

02

މަސައްކަތް ކޮށްދިނުމަށް ހުށަހަޅަނީ ވަކީލެއް ނަމަ

20

03

މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ފަރާތުގެ ތަޖްރިބާއަށް

30

04

މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގު

25

 

ޖުމްލަ މާކްސް

100

މައުލޫމާތު ސާފްކުރެއްވުމަށް ނަންބަރު 9822323 ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

 

02 ޑިސެންބަރު 2019
ހޯދާ