ހދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދަރިވަރުންގެ ފާޚާނާ ޢިމާރާތުގެ ބައެއް މަރާމާތުތައްކުރުން

ދަރިވަރުންގެ ފާޚާނާ ޢިމާރާތުގެ ބައެއް މަރާމާތުތައްކުރުން

  •  ދަރިވަރުން ފާޚާނާ ޢިމާރާތުގެ ބައެއް މަރާމާތުތައް ކުރުމަށް ބީލަން ހުށަހެޅުމަށް 19 ނޮވެމްބަރ 2019ގައި މިމަދަރުސާއިން ކުރި ނަންބަރ:  GS.20/IUL/2019/29   އިޢްލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
  • މިޕްރޮޖެކްޓްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 04 ން 2019 ޑިސެމްބަރ 10 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިމަދަރުސާއަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
  • މިޕްރޮޖެކްޓްތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • މިޕޮޖެކްޓްތަކައި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 12 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި  ހދ.އަތޮޅު މަދަރުސާގެ އޮފީހުގައި އޮންނާނެއެއެވެ.  
  • ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 18 ވަނަ ދުވަހުގެ 13:00 ގައި  ހދ.އަތޮޅު މަދަރުސާގެ އޮފީހުގައެވެ.      
  • ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހދ.އަތޮޅު މަދަރުސާ

ހދ.ވައިކަރަދޫ ، ދިވެހިރާއްޖެ.

ފޯން: 6520056

އީ-މެއިލް: [email protected]

04 ޑިސެންބަރު 2019
ހޯދާ