ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރ ( ވަގުތީ ) އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރ ( ވަގުތީ )

އިޢުލާން

ވަޒީފާގެ ފުރުޞަތު

1.     ޕްރީސްކޫލް ޓީޗަރ ( ވަގުތީ ) /      2. އެޑްމިނިސްޓްރޭޓިވް އޮފިސަރ ( ވަގުތީ )

މަޤާމް

ޕްރީސްކޫލް ޓީޗަރ

ބޭނުންވާ ޢަދަދު

02 ( ދޭއް )

މަޤާމް އޮތް އޮފީސް

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ

މުއްދަތު

11 މަސްދުވަސް

މަޤާމުގެ ގިންތި

ވަގުތީ

ރޭންކު

ޖީ.އެސް. 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ލިލީ ޕްރީސްކޫލް، ހއ. ކެލާ / ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ

މުސާރަ / އުޖޫރަ

މަހަކު 2000.00 ( ދެހާސް ) ރުފިޔާ

ސަރވިސް އެލަވަންސް

ނިކުންނަ ރަސްމީ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

އެހެނިހެން އިނާޔަތްތައް

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ރަމަޟާން މަހު ކަނޑައެޅިފައި އޮންނަ އުޞޫލުން ރަމަޟާން އެލަވަންސް ލިބޭނެއެވެ.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު :

1

މުއައްޒަފު ކިޔަވައި ދެއްވައި ކުލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ތަޢުލީމު ދިނުމާއި ކުދިންނަށް ދެމުންގެންދާ ތަޢުލީމްގެ ފެންވަރު ރަނގަޅު ކުރުމާއި ދެވޭ ތަޢުލީމަކީ އެކުއްޖެއްގެ ފެންވަރުގައި ދެވޭ ތަޢުލީމަކަށްވުން.

2

ދެވޭ ތަޢުލީމަކީ ރޭވިގެން ރަނގަޅަށް ތައްޔާރު ވެގެންދެވޭ ތަޢުލީމަކަށްވުން.

3

ކިޔަވައި ދިނުމަށް ތައްޔާރުވުމުގެ ގޮތުން ހަދަންޖެހޭ ސްކީމްތަށް ހެދުމާއި ކިޔަވައި ދިނުމަށް ރަނގަޅަށް ތައްޔާރުވުމާއި އަދި އެކަމަށް ބޭނުންވާ ތަކެތި ސްކޫލް އޮފީހަށް ހުށަހަޅައިގެން ހޯދުން.

 

4

ހަވާލުވެފައިވާ ކުލާސްތަކުގައި ކިޔަވާ ކުދިންގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމާއި ފެންވަރު ދަށްވިޔަ ނުދީ ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން، ކުދިންނަށް ކުލާހުގައި ދެވޭ މަސައްކަތާއި ގެޔަށް ހަވާލުކުރެވޭ މަސައްކަތްތައް ހަވާލުކުރުމުގައި ކުރިން ބަލައި ޗެކުކޮށް ރަނގަޅު ކުރަންޖެހޭ ކަމެއް ރަނގަޅު ކުރުން.

5

ދުވަހުން ދުވަހަށް ކުލާހުގައިދެވޭ މަސައްކަތް ރެކޯޑްކޮށް ބެލެހެއްޓުން.

6

ސްކޫލްގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ ގުޅިގެން މަސައްކަތް އެކުވެރިކަމާއިއެކު ގުޅިގެން ކުރުން.

7

ކުޑަކުދިންނާއި އެކު އުޅެވޭފަދަ މިޒާޖެއްގެ މީހަކަށްވުމުގެ އިތުރުން ތެދުވެރިކަމާއިއެކު އަމާނާތްތެރިކަމާއިއެކު ކެއްތެތެރިކަމާއި އުފެއްދުންތެރި ޚިޔާލު ތަނަވަސް އައި ވިސްނައިގެން ކަންކުރާ ރޭވުންތެރި މީހަކަށްވުން.

8

ސްކޫލުން އިސްނަގައިގެން ހިންގާ އިތުރު ހަރަކާތް ނުވަތަ މުބާރާތް ފަދަ ކަންކަމުގައި އެހީތެރިވުން ސްކޫލް ހިންގުމާއި ހަވާލުވެފައިވާ ފަރާތުން އަންގަވާ ރަސްމީ ކޮންމެ މަސައްކަތެއް ކުރުން.

9

ސްކޫލް ހިންގުމުގައި ކުރަންޖެހޭ މަސައްކަތްތައް ( ސްކޫލް ހިންގަވާ ފަރާތްތަކުން އަންގަވާ ގޮތެއްގެ މަތީން ) ކުރުން.

މަޤާމުގެ ޝަރުޠު:

01

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،

v     އާރލީ ޗައިލްޑް ހުޑް ލެވެލް 04 ގެ ސެޓްފިކެޓް ލިބިފައިވުން ނުވަތަ

02

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،

v     އާރލީ ޗައިލްޑް ހުޑް ލެވެލް 03 ގެ ސެޓްފިކެޓް ލިބިފައިވުން ނުވަތަ

03

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،

v     ކިޔަވައިދިނުމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 03 ގެ ސަނަދެއް ޙާޞިލްކޮށްފައިވުންނުވަތަ

04

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،

v     ޕްރީސްކޫލްގެ ދަރިވަރުންނަށް އުނގަންނައިދޭން އެނގޭ މީހެއްތޯ ބެލުމާއި، އަދި ގްރޭޑް 10 ނިންމާފައިވުން.

 މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ ( ވަގުތީ )

ބޭނުންވާ ޢަދަދު

01 ( އެކެއް )

މަޤާމް އޮތް އޮފީސް

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ

މުއްދަތު

01 އަހަރު

މަޤާމުގެ ގިންތި

ވަގުތީ

ރޭންކު

ޖީ.އެސް. 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ލިލީ ޕްރީސްކޫލް، ހއ. ކެލާ / ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ

މުސާރަ / އުޖޫރަ

މަހަކު 2000.00 ( ދެހާސް ފަސްސަތޭކަ ) ރުފިޔާ

ސަރވިސް އެލަވަންސް

ނިކުންނަ ރަސްމީ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

އެހެނިހެން އިނާޔަތްތައް

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ރަމަޟާން މަހު ކަނޑައެޅިފައި އޮންނަ އުޞޫލުން ރަމަޟާން އެލަވަންސް ލިބޭނެއެވެ.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު :

1

ކުދިންގެ އެޑްމިޝަންއާ ގުޅޭގޮތުން އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން

2

ކުދިންގެ ވަކިވަކި ތަފްޞީލް އެނގޭނެ ރެކޯރޑްތައް ފައިލްކުރުން

3

ޕްރީސްކޫލަށް ލިބޭ އަދި ޕްރީސްކޫލުން ފޮނުވާ ލިޔެކިއުންތައް ޤަވާއިދުން ބެލެހެއްޓުން (ފޮނުވަންޖެހޭ ސިޓީ، މެސެޖު، ރިޕޯޓް ފަދަ ތަކެތި ތައްޔާރުކޮށް ކަމާބެހޭ ފަރާތަށް ފޮނުވުން)

4

ކުދިންގެ ފީ ބަލައިގަތުމާއި އެހެނިހެން ފައިސާއާބެހޭ މަސައްކަތްތައް ކުރުން

5

މުވައްޒަފުންގެ ވަކިވަކި ތަފްޞީލު އެނގޭގޮތަށް ރިކޯޑްތައް ފައިލްކޮށް ބެލެހެއްޓުމާއި މުވައްޒަފުންގެ ހާޟިރީ ބަލަހައްޓާ ހަދަންޖެހޭ އެންމެހާ ރިޕޯޓްތައް ހެދުން

6

ސްކޫލްގެ ދުވަހު ޔައުމިއްޔާ އާއި މުވައްޒަފުންނާއެކު ބޭއްވޭ ބައްދަލުވުންތަކާއި އަދި  ބެލެނިވެރިންނާއެކު ބޭއްވޭ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

7

ސްކޫލްގެ އެކްޓިވިޓީ ޕްލޭންހެދުމުގައި އެހީތެރެވުމާއި އެ ޕްލޭން ފެންނާނޭހެން ބެހެއްޓުމާއި ސްކޫލްގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމާއި ގުޅޭ އެންމެހައި އިދާރީ މަސައްކަތް ކުރުން

8

ސްކޫލަށް އެކިއެކި ފަރާތްތަކުން ދޭ އެހީއާއި އެހެނިހެންގޮތް ގޮތުންދޭ އެހީގެ ތަފްޞީލް އެންގޭނޭ ގޮތަށް ރެކޯޑްތަށް ފައިލްކުރުން

9

ސްކޫލަށް ލިބޭ އާމްދަނީ އާއި ކުރެވޭ ޚަރަދުގެ ތަފްޞީލް އެނގޭނެ ގޮތަށް ރެކޯޑް ފައިލް ކުރުން

10

ސްކޫލަށް ބޭނުންވާ ތަކެތި ވެރިއަކު އަންގަވާ ގޮތެއްގެ މަތީން ގަނެ ތަނުގައި ބަހައްޓަންޖެހޭ ތަކެތީގެ ސްޓޮކް ބެލެހެއްޓުމާއި އިންވެންޓްރީ ބެލެހެއްޓުން

11

ހުރިހާ މުވައްޒަފުން ގުޅިގެން ހިންގާ ކަންތައްތަކުގައި ބައިވެރިވުން

12

ސްކޫލްގެ އަހަރީ ދުވަސް، ގްރެޖުއޭޝަން، ބާއްވާ މުބާރާތްތައް، ފެއަރ، ކޮންސެޓް ފަދަ ކަންތައްތައް އޮންނަ ދުވަސްތަކުގައި އަދި މިނޫންވެސްސްކޫލުން ފާހަގަ ކުރާ މުނާސަބަތު ތަށް ނިމެންދެން ހުރިހާ މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުން

13

މީގެ އިތުރުންވެސް ތަނުގެ ވެރިން އަންގަވާ ގޮތެއްގެ މަތީން އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން

މަޤާމުގެ ޝަރުޠު:

ސާނަވީ ނުވަތަ މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދު ލެވެލް 03 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު

- މަސައްކަތުގެ ތަޖުރިބާ

- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމުތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެކްޓިކަލްސް އޮންނާނީ 22 ޑިސެމްބަރ 2019 އާއި 26 ޑިސެމްބަރ 2019 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

01-  ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.)

02-  ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

03-   މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

04-  ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

05-  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ މެއިލް އެޑްރެސް ހިމެނޭގޮތަށް)

މަގާމަށް އެދެންވީ ގޮތާއި ސުންގަނޑި:

މި މަޤާމުތަކަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން " ވަޒީފާއަށް އެދޭ ފޯމު " ފުރިހަމަ ކުރެއްވުމަށްފަހު 12 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14.00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި އެފޯމާއިއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔުންތައް ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުން މިކަމާގުޅޭ އެއްވެސް ލިޔުމެއް ބަލައި ގަތުމަށް ހަމަޖެހިފައެއް ނުވެއެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

މި ވަޒީފާއަށްއެދޭ ފޯމު ކެލާ ކައުންސިލްގެ އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

މި އިޢުލާން އާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500027 ނުވަތަ 9650027 ނަންބަރ  ފޯނާއެވެ. އީމެއިލް ކުރައްވާނީ  [email protected]  އަށެވެ.

 

03 ޑިސެމްބަރ 2019

03 ޑިސެންބަރު 2019
ހޯދާ