މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއްވޭތޯ ބެލުމަށް

މި އިޢުލާންވަނީ 02 ޑިސެންބަރު 2019 18:16 ގައި ބާތިލް ކުރެވިފައެވެ.


ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް މިމިނިސްޓްރީއިން ކުއްޔަށްދޫކޮށްފައިވާ ތިރީގައި ބަޔާންކޮށްފައިވާ ޖިއޮގްރަފިކަލް ކޯޑިނޭޓްސް ހިމެނޭ ކާފު އަތޮޅު ފަޅު ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން އެރަށް ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ޙައްޤުތައް އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ، އެ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ މިއިޢުލާން ދިވެހިރާއްޖޭގެ ގެޒެޓްގައި ޝާޢިއުކުރާ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އޮފީސް ބަންދުވުމުގެ ކުރިން، މިމިނިސްޓްރީއަށް ލިޔުމަކުން އަންގަވައިދެއްވުމަށާއި، އަދި އީމެއިލްއިން ހުށަހަޅުއްވާކަމުގައިވަނީނަމަ [email protected] އަށް އަންގަވައިދެއްވުމަށް އަންގާ އިޢުލާނުކުރީމެވެ.

 

  • ކާފު އަތޮޅު ފަޅު- ޖިއޮގްރަފިކަލް ކޯޑިނޭޓްސް 4°17’19”N, 73°24’11”E

 

އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.

05 ރަބީޢުލްއާޚިރު 1441ހ

02 ޑިސެންބަރު  2019މ

 

02 ޑިސެންބަރު 2019

02 ޑިސެންބަރު 2019
ހޯދާ