މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ވޯކްސްޓޭޝަން ޕާޓިޝަންއާއި މޭޒު ސަޕްލައިކޮށްދީ އަދި އިންސްޓޯލް ކޮށްދޭނެފަރާތެއް ހޯދުމާއި ބެހޭ

މި މިނިސްޓްރީއާއި، ރީޖަނަލް އެއަރޕޯޓްސް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ބޭނުންވާ ވޯކްސްޓޭޝަން ޕާޓިޝަންއާއި މޭޒު (ވަތްގަނޑާއިއެކު) ސަޕްލައިކޮށްދީ އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

 

        ވީމާ، މި މަސައްކަތްކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކުން 12 ޑިސެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ވެލާނާގެ 11 ވަނަ ފަންގިފިލާ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

        އަދި ދަންނަވަމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

        05 ރަބީޢުލްއާޚިރު  1441

        02 ޑިސެމްބަރު    2019

 

02 ޑިސެންބަރު 2019
ހޯދާ