ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ގޯތިތެރޭގައި ސައިކޮޓަރިއެއް އެޅުމާއިބެހޭ

އަންނދާސީ ހިސާބު ބޭނުންވެއްޖެ

         ގދ. ގައްދޫ ކައުންސިލް އިދާރާގެ ގޯތި ތެރޭގައި ކައުންސިލުން ދޭ ކުރެހުމާއި އެއްގޮތަށް ސައިކޮޓަރިއެއް ހަދާދޭނެ ފަރާތެއް ބޭނުންވެއްޖެ އެވެ.

           މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޑިސެންބަރ 11 ވާ ބުދަ ދުވަހުގެ 11:30 އަށް މި ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޑިސެންބަރ 17 ވާ އަންގާރަ ދުވަހުގެ 11:30 އަށް މި ކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ  ވާހަކަ ދެންނެވީމެވެ.

              މިމަސައްކަތަށް ކުރިމަތި ލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި އާއި ބެހޭ ޤާނޫނުގެ ދަށުން އެކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

             މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

              01 ޑިސެންބަރ   2019

01 ޑިސެންބަރު 2019
ހޯދާ