ހުޅުދުއްފާރު ސްކޫލް
ދިވެހިރާއްޖެ
2020ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެގޮތުން ކުރަންޖެހޭ މަރާމާތުގެ މަސައްކަތް

  1. ތިރީގައި ދެންނެވިފައިވާ ކަންތައް ކޮށްދޭނޭ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މި މަސައްކަތައް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މަސައްކަތް

2020ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެގޮތުން ކުރަންޖެހޭ މަރާމާތުގެ މަސައްކަތް

  1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 02 ޑިސެމްބަރ 2019އިން 05 ޑިސެމްބަރ 2019އަށް ސަރުކާރު ރަސްމީ ދުވަސްތަކުގެ ހެނދުނު 9:30އިން މެންދުރު 12:00އަށް ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
  2. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 08 ޑިސެމްބަރ 2019ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުވުން އެދެމެވެ.
  3. މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 09 ޑިސެމްބަރ 2019ވާ ހޯމަ ދުވަހުގެ 11:00ގެ މިސްކޫލުގައެވެ. 
  4. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 16 ޑިސެމްބަރ 2019ވާ ހޯމަ ދުވަހުގެ 11:00ގައި މިސްކޫލުގައެވެ.
  5. މި ބީލަމާއި ގުޅޭ ބީލަން ފޮތް ނަންނޯޓްކުރާ ފަރާތްތަކަށް ދޫކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

   ހުޅުދުއްފާރު ސްކޫލް، ބޮޑުތަކުރުފާނުމަގު / ރ. ހުޅުދުއްފާރު

   ފޯން: 6580097

      އީމެއިލް: [email protected]

02 ޑިސެންބަރު 2019
ހޯދާ