އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އިޙްސާން މިސްކިތް މަރާމާތުކުރުން:

އިޢުލާނު

މަސްޖިދުލް އިޙްސާން މިސްކިތް މަރާމާތުކުރުން:

              މިރަށު މަސްޖިދުލް އިޙްސާން މިސްކިތުގައި ހަރުކޮށްފައިހުރި 24000BTU ގެ 4 އެއާކޯން ނައްޓާ އައު އެއާކޯން ގެނެސް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަމްބަރު: (IUL)342/INDIV/2019/117  12 ނޮވެމްބަރު 2019ގައި ކޮށްފައިވާ އިޢްލާނަށް އެކަށީގެންވާ ޢަދަދަކަށް ޝައުޤުވެރިކަން ފައުޅުކޮއްފައި ނުވާތީ އަލުން އެފަދަ ފަރާތް ތަކަށް އެ ފުރުސަތު ހުޅުވާލަމެވެ.  

              ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބިޑް ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

09 ޑިސެމްބަރު 2019

ހޯމަ

މެންދުރު ކުރި 11:30

އަންދާސީ ހިސާބް ހުށަހެޅުން

16 ޑިސެމްބަރު 2019

ހޯމަ

މެންދުރު ކުރި 11:30

 

            މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ ވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ. މިމަސައްކަތުގެ މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަނެވޭނެ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް އެފަރާތުގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގަނެވިދާނެއެވެ.

                  މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003)  ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ  ޖަމާޢަތްތަކަށެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑާއިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.

                       މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                  04 ރަބީޢޫލްއާޚިރު 1441

                     01 ޑިސެންބަރު 2019

01 ޑިސެންބަރު 2019
ހޯދާ