މާމެންދޫ ސްކޫލް، ލ.މާމެންދޫ
ދިވެހިރާއްޖެ
އެޑްމިން އޮފިސަރަކު ބޭނުންވެއްޖެ

c

މާމެންދޫ ސްކޫލް

ލ.މާމެންދޫ / މާމެންދޫ ސްކޫލް

 

ނަންބަރ: GS-189/IUL/2019/17

އިޢުލާނު

ވަޒީފާގެ ފުރުޞަތު:  

         އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއްޖެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރ:

J-319790

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 4

މަޤާމުގެ ކުލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާމެންދޫ ސްކޫލް / ލ.މާމެންދޫ

މުސާރަ:

-/5020 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް2

-/700 ރުފިޔާ

އެހެނިހެން އިނާޔަތް ތައް:

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

- ދިވެހިރާއްޖެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތާއި ވާޖިބުތައް:

1. އެކިއެކި ފަރާތްތަކުން އޮފީހަށް ލިބޭ ސިޓީ، ފެކްސްމެސެޖް، ނޯޓް، ބިލް ރިޕޯރޓްފަދަ އެންމެހައި ލިޔުންތައް އެންޓްރީ ކުރުމާއި ކަމާއިގުޅޭ ސެކްޝަންތަކަށް ޙަވާލުކުރުން

2. އޮފީހުގެ ދުވަހުގެ ޔައުމިއްޔާ ލިޔެބެލެހެއްޓުން

3. ސްކޫލުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް، ނޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

4. މުވައްޒަފުންނާ ގުޅޭގޮތުން ސްކޫލްގެ ފަރާތުން ތައްޔާރު ކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާ އަޕްޑޭޓް ކުރަންޖެހޭ ލިޔެކިޔުންތައް އަޕްޑޭޓް ކުރުން

5. މުވައްޒަފުންގެ ޙާޒިރީ ބެލެހެއްޓުމާއި މަހުންމަހަށް ރިޕޯރޓް ތައްޔާރުކުރުން

6. ސްކޫލްގެ ކިޔަވައިދިނުމަށާއި އިދާރީހިންގުމަށް ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތަށް އެއްޗެއް ސްޓޮކުން ހުސްވުމުގެ ކުރިން ނުވަތަ އެއްޗެއް ނުވަތަ ޚިދުމަތެއް ބޭނުންކުރަން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ދިވެހިރާއްޖޭގެ މާލިއްޔަތާއިބެހޭ ޤާނޫނާއި ޤަވާޢިދު އަދި ދައުލަތުގެ ފަރާތްތަކުން ކަނޑައަޅުއްވާ އެންމެހާ އުޞޫލުތަކާއި އެއްގޮތަށް ހޯދުމާއި، ޕްރޮކިއުމަންޓް ރެކޯޑްތައް ފުރިހަމަ ކުރުން

7. ދިވެހިރާއްޖޭގެ މާލިއްޔާތާބެހޭ ޤާނޫނާއި ޤަވާޢިދު އަދި ދަޢުލަތުގެ ކަމާބެހޭ ފަރާތްތަކުން އެކަމަށް ކަނޑައަޅުއްވާ އެންމެހާ އުޞޫލްތަކާއި އެއްގޮތަށް ސްކޫލް ފައިސާ ބެލެހެއްޓުމާއި އެކަމާގުޅޭ ރެކޯޑްތައް ފުރިހަމަ ކުރަމުން ގެންދިއުން

8. ސްކޫލްގައި ބޭއްވޭ ނެޝަނަލް އަދި އިންޓަރނޭޝަނަލް އިމްތިޙާނުތަކާއި ގުޅިގެން އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ރެކޯޑްތަކާއި ލިޔެކިޔުންތައް އެކަމަކަށް ކަނޑައެޅޭ ތާރީޚްގައި ފުރިހަމަކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވަމުން ގެންދިއުން

10. ސްޓޮކް ބާކީ ބެލެހެއްޓުން

11. އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން

12. އެކިއެކި ބޭނުންނަތަކުގައި އޮފިހަށް އަންނަ ފަރާތްތަކަށް ސަރވިސް ދިނުމުގައި، އަދި މުޢާމަލާތު ކުރުމުގައި މަޑުމައިތިރިކަމާއިއެކު އެމީހުންގެ ބޭނުންތަކަށް މަގުފަހި ކޮށްދިނުން

13. ދިވެހި ސިވިލްސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓަށް އިޙްތިރާމު ކުރުމާއި އޭގައި ބަޔާންކުރާ ގޮތަށް ޢަމަލުކުރުން

14. ސެކްޝަނުގެ މުވައްޒަފަކު އޮފީހަށް ޙާޟިރުނުވުމުގެ ސަބަބުން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން

15. އިސްވެރިޔާ ނުވަތަ ސެކްޝަނުގެ އިސްވެރިއަކު އަންގަވާ އޮފީހުގެ މަސައްކަތް ކުރުމާއި މިނޫނަސް އޮފީހުން ރާވައި، ހިންގައި އެންމެހާ ކަންތަކުގައި ބައިވެރިވެ އެކަންތައް ކުރުން

16. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތުގެމަތިން ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލު ކުރުން

17. ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން

މަޤާމްގެ ޝަރުތުތައް:

  1. '1. ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. '2. މަތީ ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  1. 3. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

މަޤާމުގެ ދާއިރާ: އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާއިން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓުތަކުގެ ކޮޕީ.

7. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް



މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މާމެންދޫ ސްކޫލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ: [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 12 ޑިސެމްބަރ 2019 އާއި 21 ޑިސެމްބަރ 2019 އާއި ދެމެދު މާމެންދޫ ސްކޫލު ގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ. އިންޓަރވިއު ބާއްވާނެ ތަނާއި ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ފަރާތްތަކަށް އެންގޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މި އިދާރާގެ 6800549 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

 

                   04 ރަބީޢުލްއާޙިރު 1441

                   01  ޑިސެމްބަރ  2019

 

01 ޑިސެންބަރު 2019
ހޯދާ