ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި ކޯޓުގެ ނަންބަރު: (IUL)95-A/1/2019/33 (15 ސެޕްޓެމްބަރު 2019) އިޢުލާނުގައި ހިމަނާފައިވާ މަޤާމުގެ ޝަރުތަށް ބަދަލު އައިސްފައިވާތީ، އެ އިޢުލާން ބާޠިލްކޮށް އެ މަޤާމަށް އަލުން އިޢުލާން ކުރީމެވެ.

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 47/IUL)95-A/1/2019)

ތާރީޚް: 01 ޑިސެމްބަރު 2019

މަޤާމް:     

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: GS3

ކޯޓް / ސެކްޝަން

ހައިކޯޓުދެކުނުގޮފި(ސ.ހުޅުދޫމީދޫ)

ބޭނުންވާ ޢަދަދު: 01

މުސާރައާއި ޢިނާޔަތްތައް

އަސާސީ މުސާރަ

4465/- ރުފިޔާ

ސަރވިސް އެލަވަންސް                

1500/- ރުފިޔާ

ލިވިންގ އެލަވަންސް

2,850/- ރުފިޔާ

ޖުޑީޝަލް އެލަވަންސް  (މުސާރައިގެ %45)

 އަދި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާދެވޭނެއެވެ.

މަޤާމުގެ  ޝަރުތު:

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން " ސެކަންޑަރީ ސްކޫލް" ނުވަތަ " ހަޔަރ ސެކްނަޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި " ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

  1. ސެކްޝަނަށް ލިބޭ ތަކެތި ބަލައިގަތުމާއި، އެކަމާގުޅޭގޮތުން އަޅަންޖެގޭ ފިޔަވަޅުތައް އެޅުން.
  2. ސެކްޝަނުގެ މަސައްކަތްތަކުގެ ރެކޯޑް ބެލެހެއްޓުމާއި އެކި ލިޔުންތައް ފަސޭހައިން ފެންނާނެ ގޮތަކަށް ތަރުތީބުން ފައިލްކުރުމާއި ބެލެހެއްޓުން.
  3. ކޯޓަށް އަންނަ އާންމު ފަރާތްތަކާއި މުޢާމަލާތު ކުރުމާއި މަޢުލޫމާތު ދިނުމާއި ފޯންކޯލްތަކަށް ޖަވާބު ދިނުން.
  4. ލިއުންތައް ސްކޭންކޮށް އިލެކްޓްރޯނިކްކޮށް އާރކައިވް ކުރުން.
  5. ސެކްޝަނުން ބޭއްވޭ ބައްދަލުވުންތައް އިންތިޒާމް ކުރުމާއި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިއުމާއި ބައްދަލުވުމުން ނިންމާ ކަންކަން ތަންފީޒުވޭތޯ ކަށަވަރު ކުރުން
  6. ކޮންމެ ދުވަހަކުވެސް ސެކްޝަން ޔައުމިއްޔާ ލިއުން.
  7. ސެކްޝަނުން ބޭރަށް ފޮނުވަންޖެހޭ އެންމެހައި ތަކެތި ބޭރަށް ފޮނުވުމުގެ ކަންކަން ހަމަޖެއްސުން.
  8. ހާޒިރީ ބެލެހެއްޓުމާއި ހާޒިރީ ރިޕޯރޓް ތައްޔާރުކުރުމާއި މުސާރަ ހެދުމަށް ބޭނުންވާ މަޢުލޫމާތުތައް ދިނުން.
  9. ސެކްޝަންތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމްތަކެއް މެއިންޓަނަންސް ސެކްޝަނާއި ގުޅިގެން ހަމަޖައްސުން.
  10. ރިސެޕްޝަންގެ މަސައްކަތް ކުރުން. ކޯޓަށްލިބޭ ލިޔުންތައް ބަލައިގަތުމާއި، ކޮންމެދުވަހަކުވެސް އީ ގަވަރންމަންޓް މެއިލް ޗެކްކޮށް ސިޓީއެއް ނުވަތަ އެހެންވެސް ލިޔުމެއް ލިބިފައިވޭތޯ ބެލުމަށްފަހު ލިބިފައިވާ ހުރިހާ ލިއުމެއް ކަމާގުޅޭ ސެކްޝަންތަކާއި ޙަވާލްކުރުން. 

 

ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި

 

  1. ވަޒީފާއަށް އެދި ހުށަހަޅާފޯމް.
  2. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓްފިކެޓެއް ވަޒީފާއަށް އެދޭފޯމާ އެކު ހުށަހަޅާނަމަ، ހުށަހަޅާނީ ޓްރާންސްކްރިޕްޓާއެކު އެކްރެޑިޓްކޮށް ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީއެވެ.)
  3. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރައްވާނަމަ އެންމެފަހުން ވަޒީފާ އަދާކުރި ދެ އަހަރު ދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ލިބިފައިވާ މާކްސް އެގޭނޭ އެއޮފީހަކުން ދޫކޮއްފައިވާ ލިޔުން.
  4.  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  5.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  6. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނު ކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ މުއްދަތު، ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ އަދި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް). މިފަދަ ލިޔުމެއްގެ ގޮތުގައި އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ވަޒީފާ ބަޔާނަށް ބަލައި ޕޮއިންޓެއް ނުދެވޭނެއެވެ.
  8.  ޝަރުޢީ ދާއިރާގެ ވަޒީފާ އަދާކުރާ ފަރާތެއްނަމަ ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، ހާޟިރީ ރިޕޯޓް އަދި މުވައްޒަފުގެ އުޅުމާއި އަޚުލާގު އެނގޭނޭ ފަދަ ލިޔުމެއް ހުށަހެޅުން (މިހާރު ހައިކޯޓުގައި މަސައްކަތްކުރަމުންދާ މުވައްޒަފެއްނަމަ މިލިޔުންހުށަހަޅާކަށް ނުޖެހޭނެއެވެ).
  9. ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މީހަކު މިވަޒީފާއަށް ހޮވިއްޖެނަމަ ވަޒީފާއިން ވަކިކޮށްދެނޭކަމަށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

އިތުރު އިރުޝާދު

  • ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރާ ލިއުމާއި، ޓްރާންސް ކްރިޕްޓާއި، އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ކޯހެއްކަމާއި، އެކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލްގައި އެކްރެޑިޓް ކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއި އެކު ހުށަހަޅަންވާނެއެވެ.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ 86 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މިމަޤާމަށްހޮވޭ މުވައްޒަފު ދާއިމީ ކުރެވޭނީ 03 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތުގައި އެމުވައްޒަފުގެ ޕާރފޯމެންސްއަށް ބެލުމަށްފަހުގައެވެ.
  • މަތީގައިވާ މަޤާމްގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.

 

ޕޮއިންޓް ދެވޭ ގޮތް

-  ލިބިފައިވާ ތަޢުލީމާއި ތަމްރީން %30

-  ލިބިފައިވާ ތަޖުރިބާ

-  މަސައްކަތަށް ބޭނުންވާ ހުނަރު

-  ލިބިފައިވާ ހުނަރާއި ފެންވަރާއި ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު %50

 

ސުންގަޑި 

04 ޑިސެމްބަރު 2019 ވަނަ ދުވަހުގެ 11:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓް ( ތީމުގެ، އާބުރުޒުހިނގުން ) ހުށަހަޅަންވާނެއެވެ. (އެޕްލިކޭޝަން ހައިކޯޓް މާލެ އަދި ހައިކޯޓު ދެކުނުގޮތްޕަށް ވެސް ހުށަހެޅޭނެއެވެ.)

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން  (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. ނަންބަރު 3325029 އިން އިތުރު މަޢުލޫމާތު ލިބޭނެއެވެ.

 

01 ޑިސެންބަރު 2019
ހޯދާ