މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކ.ގިރިފުށީގެ ނައިޓް ފަޔަރިން ތަމްރީނުތަކާއި ގުޅޭގޮތުން ދަތުރުވެރިންގެ ސަމާލުކަމަށް

    

 

އިޢުލާން

            މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކ.ގިރިފުށީގައި ނައިޓް ފަޔަރިންގ ތަމްރީނުތަކެއް 06 ޑިސެންބަރު 2019 ވަނަ ދުވަހުގެ ރޭ 18:00 އިން 23:59 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިއޮތޯރިޓީއަށް އަންގާފައިވެއެވެ.

 މިތަމްރީނުތަކުގައި މިނީފްލޭއަރ އާއި ޕެރަޝޫޓް ފްލޭއަރ ގިރިފުއްޓާދިމާ މަތީގައި ބޭނުންކުރުމަށް ހަމަޖެހިފައިވާތީ އެތަކެތި ބޭނުން ކުރާނެ ގޮތުގެ  ގޮތުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

 

1-      ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް :                    މިނީފްލޭއަރ ، ޕެރަޝޫޓް ފްލޭއަރ

2-      ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން:              300 މީޓަރ

3-      ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:              300 މީޓަރ

4-      ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:              ސީ.ލެވެލް

5-      ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން:                ގިރިފުއްޓާއި ދިމާމަތި

 

            ވީމާ ކ.ގިރިފުށީ ކައިރިން ކަނޑުދަތުރު ފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު

ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ. 

             

28 ނޮވެންބަރު 2019
ހޯދާ