ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލް އިދާރާ

އުލިގަން، ދިވެހިރާއްޖެ

                                                         ނަންބަރު: IUL)245/245/2019/27)

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

މަޤާމް:

މަސައްކަތު

މަޤާމް ނަންބަރު:

,J-318807  J-231625, J-318808

ބޭނުންވާ ޢަދަދު:

3 (ތިނެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ (މަސްޖިދު މޫސާ ޢަލީ މިސްކިތް)

މުސާރަ:

3100.00 ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޓް.
  3. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު ލިބިލައްވާ -/1200 ރުފިޔާ (ބާރަސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮންމެ ދުވަހަކު މިސްކިތު ގޯތިތެރެއާއި ގޯއްޗާއި ގުޅިފައިވާ މަގު ފަޅިތަށް ކުނިކެހުމާއި ، މިސްކިތު އެތެރެއާއި  ބޭރު ފޮޅާ ސާފްކުރުމާއި ވުލޫކުރާ އިސްކުރު ބަރިއާއި ފާހާނާތަށް ދޮވެ ސާފްކުރުމާއި މިސްކިތު އެތެރޭގައި ފެން ފޮތިލައި ސާފުކުރުން, މުންނާރު އެތެރެއާއި ބޭރު ސާފުކުރުން.
  2. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތުގެ ފަންކާތައް ޖެއްސުމާއި ނަމާދުކޮށް ނިމުމަށްފަހު 15 މިނިޓް ހިނގުމުން ފަންކާތައް ނިވުން، ރޭގަނޑުގެ ވަގުތުގައި މިދެންނެވި ފަދައިން ބޮކިތައް ދިއްލާ ނިވުން.
  3. މަދުވެގެން އަހަރަކު އެއްފަހަރު ފެންވަޅާއި ފެންތާނގީ ދިޔަ ހިއްކާ ސާފްކުރުން.
  4.  މިސްކިތުގެ ބޮޑުދޮރުތަކާއި ކުދި ދޮރުތަކާއި ފެންލައިޓްތަކުގެ ބިއްލޫރިއާއި މިނޫންވެސް ފޮހެ ސާފުކުރަންޖެހޭ ތަންތަނުގެ ބިއްލޫރިތަކާއި އެހެނިހެން ދޮރުތަށް ހަފްތާއަކު 2 ފަހަރު ފޮހެ ސާފުކުރުން.
  5. މިސްކިތުގައި ދިއްލާ ހޮޅިބުރި، ބޮކި އަދި ފަންކާ ފަދަތަކެތީގެ ތެރެއިން އަނދާތަކެއްޗާއި ހަލާކުވާތަކެތި އިދާރާއިން އަންގާގޮތެއްގެ މަތިން ބަދަލުކުރުމާއި މަރާމާތު ކުރުން.
  6. މިސްކިތުގައި ހަރުކުރެވިފައިވާ ބޮކިތަކާއި ފަންކާތަށް މަދުވެގެން ހަފްތާއަކު 2 ފަހަރު ފޮހެ ސާފްކުރުން.
  7. މިސްކިތުގެ އެތެރެއާއި ފެންޑާގެ މަތީ ސީލިންގާއި ބެރިތަށް ހަފްތާއަކު އެއްފަހަރު ފޮހެ ސާފްކުރުން.
  8. މިސްކިތުގެ ގޯތިތެރޭ ގަސްއިންދާ ފެންދީ ބެލެހެއްޓުން.
  9. ކައުންސިލުން ހިންގާ ރައްޔިތުންނާ ގުޅޭ މަސައްކަތްތަކާއި، ރަސްމީ މަސައްކަތެއްގައި އެހީތެރިކަން ބޭނުންވެއްޖެނަމަ އެކަމުގެ އެހީތެރިކަން ދިނުން.

މަޤާމުގެ ޝަރުޠުތައް:

1. ލިޔަން ކިޔަން އެނގުން

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތައުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމަމުގެ ސިފަތަށް ( އިންޓަރވިއު )

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޑިސެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް: [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޑިސެމްބަރ 08 ވާ އާދީއްތަ ދުވަހާއި 2019 ޑިސެމްބަރ 12 ވާ ބުރާސްފަތި ދުވަހާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާގައެވެ. ނުވަތަ މި އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. އަދި މި މުއްދަތުގެ ތެރޭގައި އިންޓަވިއު ނުބޭއްވޭނަމަ ކުރިމަތިލާ މީހުންގެ ތެރެއިން އިންޓަވިއުކުރަންޖެހޭ މީހުންނަށް މުއްދަތު ހަމަވުމުގެ ކުރިން އެކަން އެންގޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.


                     މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500036 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

28 ރަބީޢުލްއައްވަލް 1441

25 ނޮވެމްބަރ 2019

 

                                                                  

25 ނޮވެންބަރު 2019
ހޯދާ