މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުމަށް

އިޢުލާން

އަންދަސީ ހިސާބު ބޭނުންވެއްޖެ

 

މިމިނިސްޓްރީގެ ޢިމާރާތުގެ އިންޓީރިއާރ ރިނޮވޭޝަންގެ މަސައްކަތް ދެވޭ މަޢުލޫމާތުތަކާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު IUL)88-ADHR/88/2019/68) އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް ޝައުގުވެރިކަން ފައުޅުކޮށްފައިނުވާތީ އެއިޢުލާނު ބާތިލުކޮށް، މިމިނިސްޓްރީގެ ޢިމާރާތުގެ އިންޓީރިއާރ ރިނޮވޭޝަންގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.  

ވީމާ، މި މިނިސްޓްރީއިން ދޭ މަޢުލޫމާތުތަކާއި އެއްގޮތަށް އެމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 1 ޑިސެމްބަރު 2019 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 4 ޑިސެމްބަރު 2019 ވާ ބުދަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

29 ރަބީޢުލްއައްވަލު 1441

26 ނޮވެމްބަރު 2019

26 ނޮވެންބަރު 2019
ހޯދާ