މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
ފައުންޑޭޝަން ޕްލޭ އޭރިޔާ މަރާމާތު ކުރުން

  1. މިމަދްރަސާގެ ފައުންޑޭޝަން ޕްލޭ އޭރިޔާ މަރާމާތު ކުރުމަށް ، މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ނޮވެމްބަރ 27 ން ޑިސެމްބަރ 01 ށް ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް މިސްކޫލްގައި ނަންނޯޓް ކުރެއްވުން އެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ނޮވެމްބަރ 28 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެމްބަރ 01 ވާ އާދިއްތަ ދުވަހުގެ 13:00 ގައި  މިސްކޫލްގައެވެ.
  5. ބީލަންތައް ފޮނުވާނީ 05 ޑިސެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިމަދްރަސާއަށެވެ.
  6. ބީލަން ހުޅުވުން އޮންނާނީ 2019 ޑިސެމްބަރު 05 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިސްކޫލްގައެވެ.

7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިމަދްރަސާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި ބީލަމުގައި  ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ސޮފްޓު ކޮޕީ ފޯމެޓް ގައި މިމަދަރުސާގެ އޮފީހުން ދޫކުރާނެއެވެ.

8.އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

26 ނޮވެންބަރު 2019
ހޯދާ