ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިއުން

ފުވައްމުލަކު މާލެގަން އަވަށު ރިޝްތާ ގޯއްޗާއި ޒިތާ ގޯއްޗާއި ދެމެދު އޮތް ހުސްބިމުގައި ހުރި ނަންބަރު 01 ޖަހާފައިވާ ރުއްގަހުގެ ނީލަން ކިޔުން 05 ޑިސެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 9:00 ގައި އެބިމުގައި އޮންނާނެއެވެ.

ވީމާ މި ނީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 05 ޑިސެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް އެބިމަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ. ނީލަން ނަންގަވާ ފަރާތްތަކުން 08 ޑިސެންބަރު 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަން(ކުރީގެ ފުވައްމުލަކު އޮފީސް ހުރި ޢިމާރަތް) އަށް ފައިސާ ދައްކަވައި 09 ޑިސެންބަރު 2019 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ރުއްކަނޑައި ރުކުގެ ހުރިހާ ބައިތަކެއް އެތަނުން ނަންގަވަންވާނެއެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެތް ތަކެތި ކަމުގައި ބަލައި އުކާލެވޭނެއެވެ.

މިހެންވެ މިކަން އަންގައި ޢިއުލާން ކުރަމެވެ.

26 ނޮވެންބަރު 2019
ހޯދާ