ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ކައުންސިލްގެ އިދާރާއަށް ސާވާއެއް ގަތުމަށް ބޭނުންވެއްޖެ

ނައިފަރު ކައުންސިލްގެ އިދާރާއިން ބޭނުންވާ މިއިޢުލާނާއި ޢާންމުކޮށްފައި މިވާ މަޢުލޫމާތު ކަރުދާހުގައިވާ ކޮންފިގަރޭޝަންގެ ސާވާއެއް ވިއްކުމަށާއި، އެސާވަރ ކޮންފިގަރކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

އަންދާސީހިސާބު ހުށަހެޅުން

މިއިޢުލާނާއި ގުޅިގެން ޢާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް، ނައިފަރު ކައުންސިލްގެ ވެބްސައިޓް www.naifaru.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 09 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައެވެ. ހުށަހަޅުއްވާ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

 

އަންދާސީހިސާބު ހުށަހެޅުމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ފޯރުކޮށްދިނުން

މި ބިޑާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 08 ޑިސެމްބަރ 2019 އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ނައިފަރު ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރައްވަމުން ގެންދެވުން އެދެމެވެ. އަދި ފޯނުންނަމަ 6620340 އަދި 9991199 މިނަންބަރު ތަކާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

26 ނޮވެންބަރު 2019
ހޯދާ