މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

                   އިޢުލާން

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު

1

މަޤާމުގެ ގިންތި އަދި މުއްދަތު

ވަގުތީ / ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން 1 (އެކެއް) އަހަރު

މުސާރަ

-/5020.00 ރުފިޔާ

އެލަވަންސް

-/1500.00 ރުފިޔާ

އިތުރުގަޑީގެ އެލަވަންސް

ހަމަޖެހިފައި އޮންނަ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް

މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ އޮފީސް

ޑިޕާޓްމަންޓް

އެޑްމިނިސްޓްރޭޝަން ޑިވިޝަން

މަޤާމުގެ ރޭންކް

ޖީ.އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 2

މަޤާމުގެ ޝަރުތުތައް

1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް'  ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ  ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

 

2. 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް'  ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ނުވަތަ

 

3. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަނކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

  • ކޮމެޓީއަށް ލިބޭ ލިޔެކިޔުންތައް ކޮމެޓީގެ  ވެރިއެއްގެ މަޝްވަރާގެ މަތިން ބެލެހެއްޓުމާއި ޖަވާބު ތައްޔާރުކުރަންޖެހޭ ލިޔުންތަކުގެ ޖަވާބު ތައްޔާރުކޮށް އެ ޖަވާބު ތައް ފޮނުވުން.
  • މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ ގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ހޯދައި، ސެކްޝަންގެ ވެރިއެއްގެ ލަފަޔާއެކު އަހަރު ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އަށް އަންނަ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  • މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ ގެ އެސް.އޯ.ޕީ އާއި ވީކްލީ އަޕްޑޭޓް ހެދުން.
  • އޮފީހުން ބާއްވާ ޖަލްސާތަކާއި އެކިއެކި ރަސްމިއްޔާތުތައް ނުވަތަ ޙަފްލާތަކުގެ ލޮޖިސްޓިކްސް  އިންތިޒާމްތައް ހަމަޖެއްސުން.
  • ސްޓޮކްގެ އެންމެހައި މަސައްކަތްތައް ކުރުން.
  • އޮފީސް ޔައުމިއްޔާ ލިޔުމުގެ އެންމެހައި މަސައްކަތް ކުރުން.
  • އޮފީހުގެ ގިނަ ދުވަސްވީ ލިޔެކިޔުންތައް ކަނޑައެޅިފައިވާ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އަރުޝީފު ކުރުމާއި ނައްތާލުމުގެ މަސައްކަތް ކުރުން.
  • އަހަރީ ވާރކް ޕްލޭން، ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
  • ސެކްޝަންގެ މުވައްޒަފެއް ސަލާމް/ޗުއްޓީ އެއްގައި ހުރެއްޖެ ހާލަތެއްގައި އެ މުވައްޒަފެއްގެ މަސައްކަތްތައް ކުރުން.
  • މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ ގެ ޑޮކިއުމަންޓްސް ޑިޖިޓަލައިޒް ކުރުމަށް އައި.ސީ.އެމް، ބަޖެޓް، ޕްރޮކިއުމަންޓް، އެޗް.އާރުގެ ފައިލްތަކުގެ ޢަދަދު ހޯދުމާއި ކުރިއަށް އޮތް އަހަރަށް ބޭނުންކުރެވޭނެ ފައިލްތަކުގެ ޢަދަދު ހޯދުން.
  • ސެކްޝަންގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލއިގެން. 40 މާރކްސް
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށް ބަލައިގެން. 10 މާރކްސް
  • ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން. 50 މާރކްސް

ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަ ކޮށްފައިވާ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ވަޒީފާއަށް އެދޭ ފޯމް.
  • މުއްގަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ ( އަސްލާ އެތްގޮތްކަމަށް  ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަފީޒާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ  އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް ( އަސްލާ އެތްގޮތްކަމަށް  ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއައް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެތްގޮތްކަމަށް  ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)  

ނޯޓް

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާތިލުވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންނެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ. މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ 8:00 އިން 16:00 އަށެވެ.

ސިޓީ ފޮނުވަންވީ ތާރީޚް

3 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، ހުރިހާ ޑޮކިއުމަންޓެއް މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ އީމެއިލް އަށް ފޮނުވުން އެދެމެވެ. އީމެއެއިލް:

[email protected]

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 7776125/7709181 ނަންބަރު ފޯނާއެވެ.

މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތުގެ އަޚްލާޤަށް ބަލައި، އެއްވެސް ނޯޓިސްއެއް ދިނުމަކާއިނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު މި ކޮމެޓީއަށް ލިބިގެންވެއެވެ.

25 ނޮވެންބަރު 2019
ހޯދާ