ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ފައިނެންސް އޮފިސަރ ގެ މަޤާމަށް މީހަކު ހޯދުމާއި ބެހޭ

ވަޒީފާގެ ފުރުޞަތު

ނަންބަރ: IL-KPL/2019/003 

ތާރީޚް: 25 ނޮވެމްބަރ 2019

މަޤާމް

އެސިސްޓެންޓް ފައިނެންސް އޮފިސަރ

މަޤާމުގެ ގިންތި:

ވަގުތީ

ސެކްޝަން:

ފައިނެންސް

ބޭނުންވާ ޢަދަދު:

01 (އެކެއް)

އަސާސީ މުސާރަ:

-/5180 (ފަސްހާސް އެއްސަތޭކަ އައްޑިހަ ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

- ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް 02 މާއްދާއިން ފާސްވެފައިވުމާއި އެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި " ދިވެހި" މި މާއްދާއިން ދަށްވެގެން " ސީ" ފާސް ލިބިފައިވުން ނުވަތަ ،

- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މައިގަޑު މަސްއޫލިއްޔަތު:

  1. ސަރުކާރުގެ ފައިސާ އާއި ހިސާބު ބެލެހެއްޓުމުގެ ޤަވައިދު ބާބު 1 ގެ 1.01 ގައި ބަޔާން ކުރެވިފައިވާ ގޮތަށް މި ކުންފުނިން ދެވޭ ޚިދުމަތްތަކަށް ލިބޭ ފައިސާ ބަލައި ގަތުމާއި، ފައިސާ ބަލައިގަތްކަމުގެ ރަޝީދު ދޫކުރުން.
  2. މި ކުންފުނިން ވިއްކާ ސްޓިކަރ އާއި ފާސް ފަދަ ތަކެތި ވިއްކުމަށް ހަމަޖެހިފައިވާ ޤަވާއިދާއި އެއްގޮތަށް ވިއްކުން.
  3. ފައިސާ ބަލައި ގަންނަ މުވައްޒަފަކު، ފައިސާ ބަލައިގަތުމުން ފައިސާގެ ރަޝީދު ދޫކުރުމުގެ ކުރިން ފައިސާ ނެގިފައިވަނީ ރަގަޅަށްތޯ ޗެކްކުރުމަށްފަހު ޗެކް ކުރިކަމުގެ ސްޓޭމްޕް އެކަމާއި ބެހޭ ޑޮކިއުމެންޓްގައި ޖެހުން.
  4. ސަރވިސް އެޕްލިކޭޝަން ފޯމް އާއި ވޯޓާރ ޑެލިވަރީ ފޯމު ދޫކުރަން ހަމަޖެހިފައި އޮންނަ އުސޫލާއި އެއްގޮތަށް ހަދާ ކަސްޓަމަރުންނަށް ދޫކުރުން.
  5. މި ކުންފުނިން ކްރެޑިޓަށް ޚިދުމަތް ދެވޭ ފަރާތްތަކަށް ހަދަންޖެހޭ ބިލްތައް ހަދާ ޗެކްކުރާ މުވަޒަފަކާއި ހަވާލުކުރުން ނުވަތަ އެހެން މުވައްޒަފަކު ބިލް ހަދާ ނިމުމުން ޗެކްކުރުން އަދި އެބިލްތައް ލަސްނުކޮށް ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުން.
  6. ފައިނޭންސްގެ ޚަރަދާއި ބެހޭ ބައިން ސާރޗާޖް ޕައިލެޓޭޖް ފޯމްތައް ލިބުމުން ރެވެނިއު ބައިން ލިބިފައިވާ ފޯމްތަކާއި އަޅާކިޔާ ޗެކް ކުރުމަށްފަހު ދެދުވަހުގެ ތެރޭގައި ޚަރަދާއިބެހޭ ބަޔަށް ހަވާލުކުރުން.
  7. އާމްދަނީ އާއި ބެހޭ ބައިގައި ހުންނަ ހުރިހާ ފައިސާ އާއި ބެހޭ ފޮތްތައް މިގޮތުން ސްޓޯރޭޖް ފައިސާ އާއި ބެހޭ ފޮތާއި ކަރަންޓްގެ ޙިދުމަތް ނޯޓް ކުރާފޮތާއި ބޭރަށް ގެންދާ ހުސް ކޮންޓެއިނަރގެ ސްޓޯރޭޖް ފޮތާއި ކާރގޯ ރިމެޝަރޑް ފޮތާއި ޕެރަޝަބަލް ކާރގޯ ފޮތާއި ސަރވިސް އެޕްލިކޭޝަން ފޮތާއި އަދި ބިލް ކުރާގޮތަށް ނޯޓުކުރާ ސްޓޯރޭޖް ފޮތް އަޕްޑޭޓް ކޮށް ބެލެހެއްޓުން.
  8. ވަޒީފާ ބަޔާނުން އަދާ ކުރުމަށް އެންގިފައިވާ ކަންތައްތަކުގެ އިތުރަށް އޮފީހުގެ އިސްވެރިޔަކު އެންގިކަމެއް ރައްކާތެރިކަމާއި އެކު ވަގުތުން ކުރެވެން އޮތް އެންމެ ރަނގަޅަކަށް ހަލުވި ކަމާއިއެކު ކޮށް ނިންމުން.
  9. ކުޅުދުއްފުށި ޕޯޓް ލިމިޓެޑް އަށް ގަންނަ ތަކެތި އާއި ޚަރަދު ކުރާ ފައިސާ، ކުންފުނީގެ ފައިނޭންސް އަދި ޕްރޮކިޔުމަންޓް ޕޮލިސީ އާއި އެއްގޮތަށް ހުރިހާ ކަމެއް ރާވާ ހިންގުން.
  10. މަސައްކަތްތައް ކުރުމުގައި ކުންފުނީގެ އެންމެ އިސްވެރިޔާގެ ލަފައާއި އިރުޝާދުގެ ދަށުން މަސައްކަތް ކުރުން އަދި ކޮންމެ ކަމެއް ނިންމުމުގެ ކުރިން ކުންފުނީގެ އެންމެ އިސްވެރިޔާގެ ހުއްދަ ހޯދުމާއި އަންގަވާ ގޮތަށް މަސައްކަތްކުރުން.

މަސައްކަތް ކުރަންޖެހޭ ތަން :

ކުޅުދުއްފުށި ޕޯޓް ލިމިޓެޑް / ހދ. ކުޅުދުއްފުށި

ސުންގަޑި:

05 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށަހަޅާ ސިޓީ

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއިއެކު)

ހުށަހަޅަންޖެހޭ އޮފީސް:

ކުޅުދުއްފުށި ޕޯޓް ލިމިޓެޑް / ހދ. ކުޅުދުއްފުށި

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ ބާތިލްކުރެވޭނެ އެވެ.

25 ނޮވެންބަރު 2019
ހޯދާ