މާފުށީ ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމިއުނިޓީ ހެލްތު އޮފިސަރ

މި މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް ފަރާތެކެވެ.

މަޤާމު

ކޮމިއުނިޓީ ހެލްތު އޮފިސަރ

މަޤާމުގެ ނަންބަރު

J-296351

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމްގެ ގިންތި

ދާއިމީ

މަޤާމްގެ ރޭންކް

އެމް.އެސް 2

މަޤާމްގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ކ.މާފުށީ ޞިއްޙީމަރުކަޒު

މުސާރަ

-/6295 ރުފިޔާ  

ސަރވިސް އެލަވަންސް

 -/2500 ރުފިޔާ

އެހެނިހެން އެލަވަންސް

- ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް

-ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

- ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  • ޕަބްލިކް ހެލްތުގެ މަސައްކަތްތަކާއި ގުޅިފައިވާ ޑޭޓާ ބޭސްތައް ގަވައިދުން އަޕްޑޭޓް ކުރަމުން ގެންދިއުން
  • ވިހާ މަރުވާގެ ރަޖިސްޓްރީގެ މަސައްކަތާއި، އީ،ޕީ، އައި މަސައްކަތްތައް އިދާރީ ގޮތުން ބަލަހައްޓަމުން ގެންދިއުމާއި، ވެކްސިން ސްޓޮކް ހޯދާ ބެލެހެއްޓުން.
  • ވެކްޓަރ ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމާއި، ސާރވެލަންސް އުސޫލުން ބަލަހައްޓަންޖެހޭ މަސައްކަތްތައް ބެލެހެއްޓުމާއި އެކު ޤަވާއިދުން ރިޕޯރޓް ކުރުން.
  • އުފަންވެނިވި ޞިއްޙަތާއި ގުޅޭމަސައްކަތްތަކާއި، ގްރޯތް މޮނީޓަރ ކުރުމުގެ މަސައްކަތްތަކާއި، ބަރުދަން ލުއިވާ ކުދިންގެ މައިންނާއި މަޝްވަރާކޮށް އެކަށީގެންވާ މަޢުލޫމާތުދީ، ރަގަޅު ކާނާ އާއިބެހޭ އިރުޝާދު ލިބިދެވޭނެ އިންތިޒާމުކުރުން.
  • ޓީ.ބީ، ލެޕްރެސީ، ރެޖިސްޓަރީ ބަލަހައްޓާ، ސްޓޮކަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ހޯދުން.
  • ވެކްޓަރ ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމާއި، ސާރވެލަންސް އުސޫލުން ބަލަހައްޓަންޖެހޭ މަސައްކަތްތައް ބެލެހެއްޓުމާއިއެކު ޤަވާއިދުން ރިޕޯރޓުކުރުން.
  • ރަށުގެ ސާފުތާހިރު ކަމާއި ކުނިން ރައްކާތެރި ވެވޭނެ ގޮތްތައް އާންމުންނަސް ވިސްނައިދީ ޕަބްލިކް އަދި ވޮލެންޓްރީ އޮގަނައިޒޭޝަންތަކުގެ އެހީތެރިކަމާއެކު، ހަރުދަނާ ޕްރޮގްރާމްތަކެއް ހިންގުމަށް މަސައްކަތް ކުރުން.
  • އާންމުންގެ މެދުގައި ޞިއްޙީ ރަނގަޅު އާދަކާދަ އަށަގެންނެވުމަށް މަސައްކަތް ކުރުން.
  • ކުއްލިއަކަށް ފެށި ބޮޑުކަމަކަށްވާ ރޯގާތަކާއި، ގުދުރަތީގޮތުން ދިމާވާ ބޮޑެތި ކަންކަމުގައި އެޗް.ޕީ.އޭ ގެ މަޝްވަރާގެ މަތިން ބޭނުންވާ ފިޔަވަޅުތައް އަޅަމުން ގެންދިއުން.
  • ޕަބްލިކް ހެލްތު ޔުނިޓުން ކުރަންޖެހޭ ޕްރައިމަރީ ހެލްތު ކެއަރގެ (ޓެކްނިކަލް އަދި އިދާރީ) މަސައްކަތްތައް ވެރިއެއްގެ އިރުޝާދުގެ މަތިން ބަހާލައިގެން ކުރިޔަށް ގެންދިއުން.

 

   މަޤާމުގެ ޝަރުތުތައް:

 މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

ކޮމިއުނިޓީ ހެލްތު، ޕްރައިމަރީ ހެލްތު ކެއަރ، ޕަބްލިކް ހެލްތު ކެއަރ

ގުޅޭ ވަޒީފާގެ ދާއިރާ:

ހެލްތު ސަރވިސަސް

 

ހުށަހަޅަންޖެހޭ ލިޔުންތައް

1 - ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު މި ފޯމު ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ހެލްތުގެ (www.health.gov.mv ) ވެބްސައިޓުންނާއި މި މަރުކަޒުގެ އޮފީހުން ލިބެންހުންނާނެއެވެ.

2 - ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭގެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އިނގޭ ފަދަ ކޮޕީއެއް.

4- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

     (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ،   ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ )

       (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-ވަޒީފާގެ މަސައްކަތުގެ ދާއިރާ އާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓުގެ ކޮޕީ.

8-  މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ދޫކުރާ މުއަދަތު ހަމަނުވާ ރަޖިސްޓްރޭޝަން އަދި ލައިސެންސްގެ ކޮޕީ.

9- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދަޢުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި  ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

-          ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

-          ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ 45% (ސާޅީސް ފަހެއް ) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި :

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޑިސެމްބަރ 03 ވާ އަންގާރަ  ދުވަހުގެ 13:30 ގެ ކުރިން، މާފުށި ޞިއްޚީމަރުކަޒުގެ އޮފީހަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ  ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި   މުއްދަތު:

 

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ދެ ހަފްތާ ތެރޭގައި މާފުށީ ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް  ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މާފުށީ ޞިއްޙީމަރުކަޒުގެ ނަންބަރު 6640414 ފޯނާއެވެ.  

 

 28 ރަބީޢުލްއައްވަލް 1441

25 ނޮވެމްބަރ 2019

25 ނޮވެންބަރު 2019
ހޯދާ