މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުމަށް

އިޢުލާން

އަންދަސީހިސާބު ބޭނުންވެއްޖެ

 

މިމިނިސްޓްރީން އިންތިޒާމްކުރާ އެކިއެކި އިވެންޓްތަކުގައި މުވައްޒަފުން ބޭނުން ކުރުމަށް ހޯދަން ބޭނުންވާ ޓީޝާޓް ދެވޭ ނަމޫނާ އާއި އެއްގޮތަށް ސަޕްލައި ކޮށްދެވޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IUL)88-ADHR/88/2019/61) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ އެއިޢުލާނު ބާޠިލުކޮށް، ދެވޭ ނަމޫނާ އާއި އެއްގޮތަށް ޓީޝާޓް ސަޕްލައި ކޮށްދެވޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.  

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ނޮވެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 ޑިސެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

28 ރަބީޢުލްއައްވަލު 1441

25 ނޮވެމްބަރު 2019

25 ނޮވެންބަރު 2019
ހޯދާ