މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. އަތޮޅު ކައުންސިލް އިދާރާގެ ބައެއް ދޮރުފަތްތައް މަރާމާތު ކުރުމާއި، އިދާރާއަށް ފަރުނީޗަރ، ލިޔެކިޔުމުގެ ތަކެތި، އައި.ޓީ އަށް ބޭނުންވާ ތަކެތި ހޯދުން

މިއިދާރާގެ ބައެއް ދޮރުފަތްތައް މަރާމާތުކުރުމާއި، މިއިދާރާއަށް ހޯދަންޖެހޭ ބައެއް ފަރުނީޗަރ އާއި އައި.ޓީގެ ގޮތުން ހޯދަންޖެހޭ ތަކެއްޗާއި އަދި ލިޔެކިއުމުގެ ތަކެތި ހޯދުމަށް ކުރި ނަންބަރ:(IUL)236-IED/236/2019/14 (20 ނޮވެމްބަރ 2019) ޢިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް އެކަށީގެންވާ އަދަދަށް މީހުން ހާޟިރުވެ ވަޑައިނުގެންނެވުމުން އެ ޢިއުލާނު ބާތިލްކޮށް އަލުން މިތަކެތި ހޯދުމާއި،އަދި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް ޝަރުތުހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން 2019 ނޮވެމްބަރ 25 އިން 2019 ނޮވެމްބަރ 26 އަށް ރަޖިސްޓްރީވުމަށް 6720600 ނަންބަރ ފޯނާ ގުޅުއްވައިގެން ނަންނޯޓްކުރެއްވުން އެދެމެވެ. ނަންނޯޓު ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ. ބިޑް ހުށަހަޅުއްވާއިރު ބޭނުންފުޅުވާ ވަކި މަސައްކަތަކަށް ބިޑް ހުށަހެޅިދާނެއެވެ. މި މަސައްކަތްތަކާއި ގުޅޭ އެންމެހާ ލިޔުންތައް 2019 ނޮވެމްބަރ 27 އިން ފެށިގެން މިއިދާރާގެ ވެބްސައިޓް meem.gov.mv އިން ޑައުންލޯޑް ކުރެވެންހުންނާނެއެވެ. އަދި ބީލަމާގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 ނޮވެމްބަރ 27 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ޑިސެމްބަރ 05 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

25 ނޮވެންބަރު 2019
ހޯދާ