ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ލޯކަލް މާރުކޭޓުގެ ގޮޅިތައް ކުއްޔައް ދޫކުރުމާގުޅޭ

ފުވައްމުލައް ލޯކަލް މާރުކޭޓްގެ ގޮޅިތައް ކުއްޔަށް ދޫކުރުމަށްޓަކައި ކުރެވުނު އިޢުލާން (ނަންބަރު:(IUL)468-LID/INDIV/2019/54  ) ބާތިލުކޮށް އަލުން މާރުކޭޓްގެ ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ފުވައްމުލަކު ލޯކަލް މާރުކޭޓުގެ ގޮޅިތައް ކުއްޔައް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން  03 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް އެންޑް ބިލްޑިންގ ސެކްޝަން (ކުރީގެ މާދަޑު ކައުންސިލް) ގެ މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 09 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން ސިޓީ އަކުން ބޭނުންވާ ގޮޅީގެ ނަންބަރު ޖައްސަވާފައި ހުށަހެޅުއްވުން އެދެމެވެ.

ކޮންމެ ސިޓީ އަކުން ހުށެހެޅޭނީ 1 ގޮޅިއަށެވެ. އެއް ގޮޅިއަށްވުރެ އިތުރަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ވަކިވަކި ސިޓީ އިން ހުށަހެޅެއްވުންއެދެމެވެ. އަދި އެއްގޮޅިއަކަށް އެއްފަރާތަށްވުރެ ގިނަ ފަރާތުން ހުށަހަޅާފައިވާނަމަ ގޮޅިތައް ދޫކުރާނީ ގުރުވަތުންނެވެ.

އިތުރުމަޢުލޫމާތު ބޭނުންވެލައްވާނަމަ ނަންބަރު 6860041 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

24 ނޮވެންބަރު 2019
ހޯދާ